އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓް ފާސްކުރުން

18 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، 2021 ވަނަ އަހަރު ކައުންސިލްއިން ފާސްކޮށްފައިވާ ބަޖެޓް ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް 2021 ވަނަ އަހަރަށް ކައުންސިލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ދައުލަތުން ދެއްވާ ގްރާންޓް ދަށްވެފައިވާތީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ބަލައި 2021 ވަނަ އަހަރު ތައްޔާރުކުރެވިފައިވާ އައްޑޫސިޓީ ކައުންސިލް އިދާރާގެ ރިވައިޒް ބަޖެޓުގެ ހަރަދުގެ ޖުމްލައަކީ 131,631,437.73 ރުފިޔާ  )ސަތޭކަ ތިރީސް އެއްމިލިއަން ހަސަތޭކަ ތިރީސްއެއްހާސް ހަތަރެސްތޭކަ ތިރީސްހަތް ރުފިޔާ ހަތްދިހަ ތިން ލާރި) ކަމަށާއި ބަޖެޓް ޑެފިސިޓެއްގެ ގޮތުގައި 23,313,796.73 ރުފިޔާ  (ތޭވީސް މިލިއަން ތިންސަތޭކަ ތޭރަހާސް ހަތްސަތޭކަ ނުވަދިހަހައް ރުފިޔާ ހަތްދިހަ ތިން ލާރި) ކަނޑައަޅައި، 2021 ވަނަ އަހަރުގެ ރިވައިޒްޑް ބެޖެޓް ފާސްކުރުމަށް ފެންނަކަމަށާއި، މި ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 

2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓްގެ ތަފްޞީލް

ތަފްޞީލް

2021އަށް ލަފާކުރާ ރިވައިޒްޑް ޖުމްލަ

2021އަށް ލިބޭނެ ފައިސާގެ ޖުމްލަ

                  77,868,217

ޢާންމު ބަޖެޓާއި ނުބެހޭ އެކައުންޓްތަކަށް ލިބޭނެކަމަށް ލަފާކުރި

                  30,449,423

ޖުމްލަ އާމްދަނީ

108,317,641

ޖުމްލަ ޚަރަދު

131,631,437.73

ބަޖެޓް ޑެފެސިޓް

                  23,313,796.73

 

 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަހްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަހްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓް ފާސްކުރުން


ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/065

ތާރީޚް: 18 އޯގަސްޓް 2021