އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ކުލީބިންތަކާއި ގުޅިގެން ހިންގޭ މުޢާމަލާތްތަކުގައި ލުއި ދެވޭނެ ކަންކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލް

25 އޯގަސްޓް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް ގެނެވުނު 4 ވަނަ އިސްލާޙުގެ ދަށުން ކައުންސިލްގެ ކުލީބިންތަކާއި ގުޅިގެން ހިންގޭ މުޢާމަލާތްތަކުގައި ލުއި ދެވޭނެ ކަންކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލް ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކައުންސިލްގެ ކުލީބިންތަކާއި ގުޅިގެން ހިންގޭ މުޢާމަލާތްތަކުގައި ލުއި ދެވޭނެ ކަންކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލުގެ 03 ވަނަ މާއްދާ ޖުރިމަނާ މާފުކުރެވޭ ހާލަތްތައް (ބ) ތިރީގައިވާގޮތަށް އިސްލާޙުކޮށް ކައުންސިލްގެ ކުލީބިންތަކާއި ގުޅިގެން ހިންގޭ މުޢާމަލާތްތަކުގައި ލުއި ދެވޭނެ ކަންކަން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

3. ޖުރިމަނާ މާފުކުރެވޭ ޙާލަތްތައް:

(ހ) 25,000/- ރުފިޔާ އާއި ހަމައަށް ދައްކަން ހުރި ކުލި އެއްފަހަރާ ދައްކާނަމަ ޖޫރިމަނާ މާފު ކުރެވޭނެއެވެ.

(ށ) 25,001/- ރުފިޔާ އިން 50,000/- ރުފިޔާ އާއި ހަމައަށް ދައްކަން ހުރި ކުލި ދެ މަސް ދުވަހުގެ މުދަތަކަށް ބަހާލައިގެން ދައްކާނަމަ  ޖޫރިމަނާ މާފު ކުރެވޭނެއެވެ.

(ނ) -/50،001 ރުފިޔާ އިން -/75،000 ރުފިޔާއާއި ހަމައަށް ދައްކަން ހުރި ކުލި ތިން މަހުގެ މުއްދަތަކަށް ބަހާލައިގެންދައްކާނަމަ ޖޫރިމަނާ މާފު ކުރެވޭނެއެވެ.

(ރ) 75,001/- ރުފިޔާ އިން 100,000/- ރުފިޔާއާއި ހަމައަށް ދައްކަން ހުރި ކުލި ހަތަރު މަހުގެ މުއްދަތަކަށް ބަހާލައިގެން ދައްކާނަމަ ޖޫރިމަނާ މާފު ކުރެވޭނެއެވެ.

(ބ) 100,001/- ރުފިޔާ އިން ފެށިގެން މަތި - ފަސް މަހުގެ މުއްދަތަށް ވުރެ އިތުރުނުވާގޮތަށް ކައުންސިލުން ކަނޑައަޅާގޮތަކަށް ފައިސާ ދެއްކުމުން ޖޫރިމަނާ މާފު ކުރެވޭނެއެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ފައިޒުރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/074

ތާރީޚް: 25 އޯގަސްޓް 2021