އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގަމުގެ އިޖްތިމާއި މަރުކަޒާއި ފޭދޫ އަވަށުއޮފީހުގައި ހުރިބައުތަކެތި ނީލަން ކިއުން

1 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ގަމުގެ އިޖްތިމާއި މަރުކަޒާއި ފޭދޫ އަވަށުއޮފީހުގައި ހުރިބައުތަކެތި ނީލަން ކިއުން

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ފޭދޫ އަވަށު އޮފީސް އަދި ގަމު އިޖްތިމާއީ މަރުކަޒުގައި ހުރި ބައުތަކެތި ނީލަން ކިޔުމަށް މި މައްސަލައާއި އެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓްގައި ހިމެނޭތަކެތި ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި މި ބާވަތުގެ ތަކެތި ނީލަންކިޔުމާއި ގުޅޭގޮތުން ބަޔާންކުރެވިފައިވާ އެންމެހާ އިޖުރާތްތައް ފުރިހަމަ ކުރުމަށްފަހު މި މަސައްކަތްކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/081

ތާރީޚް: 1 ސެޕްޓެމްބަރ 2021