އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްޞީލު ކުރާ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޤަރާރެއް ފާސްކުރުން

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ޤާނޫނު ނަމްބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގައި "މި ޤާނޫނުގެ ދަށުން އިންތިޚާބުކޮށް ޤާއިމުކުރެވޭ ސިޓީ ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚުޞެއް" ކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްޞީލު ކުރާ ފަރާތްތައް ކައުންސިލުން ކަނޑައެޅުމަށްޓަކައި ޤަރާރެއް ފާސްކުރުމަށް އަދި މިޤަރާރު ފާސްވުމުން އައްޑޫސިޓީ ކައުންސިލްގެ ނަންބަރު 2013/04 (13 މާރިޗް 2013) ކައުންސިލްގެ ޤަރާރު އުވާލުމަށް ފާސްކުރުމަށް    

މައްސަލަ ހުށަހެޅި ފަރާތް:  ޝިޒްލީނާ އަސްލަމް / ލީގަލް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި  މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި އައްޑޫސިޓީ ކައުންސިލް ތަމްޞީލް ކުރައްވާނެ ފަރާތްތަކަކީ ލީގަލް އޮފިސަރ އަލްއުސްތާޛު ޙުސައިން ޙަބީބް އާއި ލީގަލް އެސިސްޓެންޓް އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ކަމުގައި ކަނޑައަޅުއްވާ، އެގޮތުގެ މަތީން ކުރިން ފާސްކުރައްވާފައިވާ އައްޑޫސިޓީ ކައުންސިލްގެ ނަންބަރު: 2013/04 (13 މާރިޗް 2013) ކައުންސިލްގެ ޤަރާރު އުވާލައި، އައްޑޫސިޓީ ކައުންސިލްގެ ނަންބަރު426-AA(Garaaru)/2017/10 : (13 ޖޫން 2017) ކައުންސިލްގެ ޤަރާރު ފާސްކުރުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  

ހުށަހެޅުން ހުށަހެޅި : ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)2017/132

ތާރީޚް: 13 ޖޫން 2017