އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭ.ޕީ.ސީގެ ކައުންސިލްގެ ހިއްސާ %20 އަށް ދަށްކުރުމާއި 2019 ވަނަ އަހަރުގެ ޢާންމު ޖަލްސާގައި ކައުންސިލް ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅުން.

8 ސެޕްޓެމްބަރ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  ކައުންސިލް އިން ގަނެފައިވާ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ ހިއްސާ %20 އިންސައްތައަށް ދަށްކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ލަފާދީފައިވާތީ އެގޮތުގެމަތިން ކައުންސިލްގެ ހިއްސާ ދަށްކުރުމާމެދު ކައުންސިލުން ގޮތެއް ކަނޑަޅުމަށާއި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ 2019 ވަނަ އަހަރުގެ ޢާންމު ޖަލްސާގައި ކައުންސިލް ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލުން ގަނެފައިވާ އައްޑޫޕީޕަލްސް ކޯޕަރޭޓިވްގެ 51% ހިއްސާ 20 އިން ސައްތައަށް ދަށް ކުރުމަށްފެންނަ ކަމަށާއި، މި ހިއްސާ 20 އިންސައްތައަށް ހިއްސާ ދަށް ކުރުމުން 31 އިންސައްތަ ޙިއްސާއާއި މެދު ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އައްޑޫޕީޕަލްސް ކޯޕަރޭޓިވް އާއި މަޝްވަރާ ކުރުމަށާއި،

އައްޑޫޕީޕަލްސް ކޯޕަރޭޓިވްގެ ގެ 2019 ވަނަ އަހަރުގެ ޢާއްމު ބައްދަލުވުމުގައި ކައުންސިލް ތަމްސީލު ކުރާނީ ކައުންސލަރ މުޙައްމަދު ފައިޞަލް ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/084

ތާރީޚް: 8 ސެޕްޓެމްބަރ 2021