އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާލިއްޔަތު ޤަވާޢިދުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ " ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރ " ކަނޑައެޅުމަށް

5 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2017 ފެބްރުވަރީ 20 ވަނަ ދުވަހު ނެރުނު ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ " ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރ " ކަނޑައެޅުމަށް ހުށަހަޅާ ކުއްލި މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު.ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާ އަކީ ޤާނުނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ކައުންސިލްގެ މޭޔަރ ކަމަށްވެފައި، މޭޔަރ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކައުންސިލް އިދާރާގެ ޑިޕާރޓްމަންޓްތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދަނީ ފިނޭންސް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސް ކަމަށްވާތީ ކައުންސިލް އިދާރާގެ " ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރ " ގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސް ކަނޑައެޅުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/275

ތާރީޚް: 5 ޑިސެމްބަރ 2017