އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންމެ 2 އަހަރުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށާއި، 2018 ވަނަ އަހަރު ސަދަން ފުޓްބޯޅަ/ ބެޑްމިންޓަން ޗެމްޕިއަން ޝިޕް ބޭއްވުން

5 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލުން ގިނަ ކުޅިވަރުތަކެއް ހިމަނައިގެން 2 އަހަރުން އެއް އަހަރު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށާއި، 2018 ވަނަ އަހަރު ސަދަން ފުޓްބޯޅަ ލީގް އަދި ސަދަން ބެޑްމިންޓަން ޗެމްޕިއަން ޝިޕް ބޭއްވުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް    

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީ ކައުންސިލުން ގިނަ ކުޅިވަރުތަކެއް ހިމަނައިގެން ކޮންމެ 2 އަހަރުން އެއް އަހަރު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ފެންނަކަމަށާއި، މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށް ރާއްޖޭގައި ކުޅިވަރުގެ މިފަދަ ހަރަކާތްތައް ހިނގަމުންދާ މިންވަރު މަދުކަމުން،ތަފާތު އެކިއެކި ކުޅިވަރުތަކަށް ހުނަރުވެރި އެތްލީޓުން އުފެއްދުމުގެ މަޤްޞަދުގައި އަދި،

ކައުންސިލްގެ ތަރައްޤީގެ ޕްލޭންގެ 22-20ގެ ތަޞައްވުރަށް ވާޞިލުވުމަށާއި، އައްޑޫސިޓީ ދުނިޔެއަށް ހުޅުވާލުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތަށް މިކަމުގެ ސަބަބުން ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވޭތީއާއި، ސިޓީގެ ތަރައްޤީއަށާއި، އިޤްތިޞާދަށް ސިދާގޮތުންނާއި ނުސީދާ ގޮތުން ގިނަފައިދާތަކެއް ކުރާނެ ކަމެއްކަމަށް ފާހަގަ ކުރެވޭތީ،

2019 ވަނަ އަހަރުގެ ކުރީކޮޅުގައި އައްޑޫސިޓީ ކައުންސިލުން ގިނަ ކުޅިވަރުތަކެއް ހިމަނައިގެން  ކޮންމެ 2 އަހަރުން އެއް އަހަރު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމުގެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ރާވައި ހިންގުމަށާއި، މިގޮތުން މިޙަރަކާތް ހިންގުމަށް ރާއްޖޭގެ ޤައުމި އެސޯސިއޭޝަންތަކާއި ފެޑަރޭޝަން އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ހިންގުމަށް ފެންނަކަމަށާއި،

 2018 ވަނަ އަހަރު އައްޑޫސިޓީގައި ސަދަން ފުޓްބޯޅަ ލީގް އަދި ސަދަން ބެޑްމިންޓަން ޗެމްޕިއަން ޝިޕް ބޭއްވުމަށް ފެންނަކަމަށާއި، މިޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ އިދާރީ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ތެރެއިން ކުރުމަށާއި މީގެ އިތުރުން ހިނގާ ކަންކަމަށް ސްޕޮންސަރ ހޯދުމުގެ މަސައްކަތް ހިންގުމަށް ފެންނަކަމަށާއި،

މިކަންކަން ހިންގާ ބެލެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެގޮތުން މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސްޕޯރޓްސް ކައުންސިލަށް މައްސަލަ ފޮނުވުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/280

ތާރީޚް: 5 ޑިސެމްބަރ 2017