އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޕީސީ އަށް ކައުންސިލުން ކަނޑައަޅާފައިވާ މެމްބަރުންނާމެދު ގޮތެއް ކަނޑައެޅުން

18 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އަށް ކައުންސިލުން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ކައުންސިލް އިދާރާގެ ޑިރެކްޓަރ މުހާއްމަދު ސަޢުދީ ޙަސަން އަދި އައްޑޫސިޓީކައުންސިލްގެ 2 ވަނަ ދައުރު ކައުންސިލަރ ސ.ހިތަދޫ ނާޒް ޙުސައިން ޙިލްމީއާއި މެދު  ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ ބޯޑުގައި ކައުންސިލް ތަމްޘީލު ކުރާ މެމްބަރު ކަމުން ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދަވާ ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަން އިސްތިޢުފާ ދެއްވާ ސިޓީ ހުށަހަޅުއްވާފައި ވުމާއެކު އެބޭފުޅާގެ އިސްތިއުފާ ކައުންސިލްއިން ޤަބޫލު ކުރާ ކަމަށާއި،

ކޯޕަރޭޓިވް ބޯޑުގައި ކައުންސިލުން ތަމްޘީލު ކުރަން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން  އައްޑޫސިޓީ ކައުންސިލްގެ 2 ވަނަ ދައުރު ކައުންސިލަރ ސ.ހިތަދޫ ނާޒް ޙުސައިން ޙިލްމީ ބޯޑުގެ ބައްދަލުވުންތަކަށް ޤަވާޢިދުން ޙާޟިރުވެ ވަޑައިގެންފައި ނުވަތީ އަދި ފާއިތުވެދިޔަ 6 މަސްދުވަހު ބޭއްވި އެއްވެސް ޖަލްސާއަކަށް ސ.ހިތަދޫ ނާޒް ޙުސައިން ޙިލްމީ ޙާޟިރުވެ ވަޑައިގެންފައި ނުވުމުން ބޯޑުގެ ބައްދަލުވުންތަކުގައި ކައުންސިލްގެ ޙިއްސާއާއި ބައިވެރިވުން ނުހިމެނިދާތީ،

ކައުންސިލް އިދާރާގެ ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަންގ އިސްތިޢުފާ ޤަބޫލްކޮށް ބަދަލުގައި އެހެން މެމްބަރަކު ކަނޑައެޅުމާއި،

ކައުންސިލުން ބޯޑަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ބައްދަލުވުންތަކަށް ޙާޟިރުނުވާ މެމްބަރު ވަކިކޮށް އަލުން މެމްބަރަކު ޢައްޔަން ކުރުމާއި،

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ ބޯޑަށް މެމްބަރުން ކަނޑައެޅުމުގައި ތިރީގައިވާ ގޮތަށް ޢަމަލުކުރުމާއި:-  

  1. ކައުންސިލުން ކަނޑައަޅާ މެމްބަރުންނަކީ އެ މެމްބަރަކު ތަމްޞީލުކުރާ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވުމާއިއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރި މީހަކަށް ވުން ނުވަތަ،
  2. އެމީހަކު ތަމްޞީލު ކުރާ ދާއިރާއިން 10 (ދިހަ) އަހަރަށްވުރެ  ދިގު މުއްދަތަކަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އެމީހަކު އަމިއްލައަށް މިފަދަ ސޮސައިޓީއަކަށް ވަންނަން ބޭނުންވުން.
  4. އެ މެމްބަރަކު ހޮވިފައިވާ ދާއިރާ ތަމްޞީލު ކުރުމަށްޓަކައި ސޮސައިޓީގެ ފަރާތުން އައްޑޫ ސިޓީގައި ބާއްވާ ބައްދަލުވުންތަކަށް ޙާޟިރުވެދެއްވޭނެ މީހަކު ކަމުގައިވުން.
  5. އިޤްތިޞާދީ، އިޖްތިމާޢީ، ރިނިއެބަލް އެނަރޖީ ފަދަ ޓެކްނިކަލް ދާއިރާތަކާއި އަދި ޕަބްލިކް ރިލޭޝަންސް ފަދަ ދާއިރާތަކުން ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދިނުން.
  6. މެމްބަރުން ކަނޑައެޅުމަށްޓަކައި މަތީގައި ދެންނެވުނު ދާއިރާތަކުން ޝަރުޠު ފުރިހަމަވާ މީހުންގެ ސީވީ ކައުންސިލަރުން ހޯދާ ހުރިހާ ކައުންސިލަރުން ހިމެނޭ ވަގުތީ ކޮމިޓީއަކަށް ގެންގޮސްގެން ނިންމާ ފަރާތްތަކަކީ ކައުންސިލުން ކަނޑައަޅާ މެމްބަރުން ކަމުގައި ވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/08

ތާރީޚް: 18 ޖެނުއަރީ 2018