އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2018 ވަނަ އަހަރު ކައުންސިލުން ގެންދަވާ ޕްރޮޖެކްޓް ތަކުގެ ބިޑް ޑޮކިއުމެންޓް ވިއްކުމާއި މެދު ގޮތެއް ނިންމުން

23 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2018 ވަނަ އަހަރު ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދަވާ އެކިއެކި ޕްރޮޖެކްޓް ތަކުގެ ބިޑް ޑޮކިއުމެންޓް ވިއްކުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

ކައުންސިލްގެ އިދާރާއިން އިޢުލާނު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް މަޢުލޫމާތު ކަރުދާހާއި، ޓެކްނިކަލް ސްޕެސިފިކޭޝަނައި ޑްރޯވިންގ އާއި ބީލަން ފޯމް ތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ދޭން ޖެހުމުގެ ސަބަބުން ކައުންސިލުން ކުރަން ޖެހޭ ޚަރަދު ބޮޑުވެފައިވާތީ އާއި އިސްރާފް ކުޑަކުރުމުގެ މަޤްޞަދުގައި ޢާއްމުކޮށް ކައުންސިލުން ހިންގާ ފޮރޮޖެކްޓް ތަކުގެ ބިޑް ފޯރމް ވިއްކުމުގެ އަގު 300.00ރުފިޔާއަށް ކަނޑައެޅުމާއި، އަދި ކައުންސިލުން ހިންގާ އިޤްތިޞާދީ ބޮޑެތި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރެވޭ އިޢުލާނުގައި ބިޑް ޑޮކިއުމެންޓްތައް ވިއްކާނެ އަގު ކަނޑައަޅައި އިޢުލާނު ޢާއްމު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.   

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/12

ތާރީޚް: 23 ޖެނުއަރީ 2018