އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުލިމަތި ޖަމުޢިއްޔާއިން ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

23 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މުލިމަތި ޖަމުޢިއްޔާއިން އިންތިޒާމް ކޮށްގެން 2018 ފެބުރުވަރީ 16 އިން 26 އަށް 12 ޓީމެއްގެ ބައިވެރިންނާއި އެކު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ޖަމުޢިއްޔާއަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މުލިމަތި ޖަމުއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބަރާތް އިންތިޒާމް ކުރުމަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތް ތަކުން ހިންގާ ކަންކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 5000.00ރުފިޔާއާއި، މުބާރާތުގައި ކުރިއަށް ގެންދާ ކޮންމެ މެޗެއްގެ މޭން އޮފްދަ މެޗަށް 200.00ރުފިޔާގެ އެހީ މުލިމަތި ޖަމުއިއްޔާއަށް ދިނުމަށާއި އަދި މުބާރާތް ހިނގަމުންދާ ވަގުތު  އިޝްތިހާރު ބޯޑެއް ތައްޔާރުކޮށް ކައުންސިލްގެ ލޯގޯ ޖަހައި ދަނޑުގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް  ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުހައްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/15

ތާރީޚް: 23 ޖެނުއަރީ 2018