އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މާކިޅީގެ އައްސޭރީގައި ކައުންސިލުން ހަދާފައިވާ މައިޒާނަށް ނަން ކިޔުން

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ މެދެއާރިމަގު މާކިޅީގެ އައްސޭރީގައި ކައުންސިލުން ހަދާފައިވާ މައިޒާނަށް ނަން ކިޔުން

މައްސަލަ ހުށަހެޅި ފަރާތް:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

މިތަނަށް "މެދެއާރި ފިނި މައިޒާން" މިގޮތަށް ނަން ކިޔުމަށާއި އަދި އައްޑޫސިޓީ ކައުންސިލްގެ ނަމާއި ލޯގޯޖަހައި ބޯޑެއް ހަދައި ހަރުކުރުމަށް ހުށަހެޅުމުން، ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު އެ ތަނުގެ ނަމަކަށް "މާކިޅި ފިނި މައިޒާން" ކިޔަން ފެންނަ ކަމަށް ހުށަހެޅުއްވުމުން، އެ ހުށަހެޅުމަށް ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު ތާއީދު ކުރައްވައި އެ މައިޒާނުގެ ނަމަކަށް "މާކިޅި ފިނި މައިޒާން" ކިޔުމަށް ނިންމެވިއެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ ނަމާއި ލޯގޯޖަހައި ބޯޑެއް ހަދައި ހަރުކުރުމަށް ނިންމެވިއެވެ.  

ތާއީދު ކުރެއްވި : ކައުންސިލަރ ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި : ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

  • މިމައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/135

ތާރީޚް: 13 ޖޫން 2017