އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް ހިންގާ ޤަވާޢިދަށް 2 ވަނަ އިޞްލާޙު ގެނައުމާއި ގުޅިގެން އެ އިޞްލާޙުތައް ފާސްކުރުން

6 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ 2017 ވަނަ އަހަރުގެ 44 ވަނަ ޖަލްސާއިން ނިންމާފައިވާ ގޮތުގެ މަތިން ޤަވާޢިދު ކޮމިޓީގެ މަސައްކަތުގެ މަރުހަލާގައި ކައުންސިލް ހިންގާ ޤަވާޢިދަށް 2 ވަނަ އިޞްލާޙު ގެނައުމާއި ގުޅިގެން އެ އިޞްލާޙުތައް ފާސްކުރުން   

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް    

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިއިދާރާގެ ލީގަލް ޔުނިޓުން ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ގޮތުގެމަތިން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 2 ވަނަ އިޞްލާޙުގައި "ކައުންސިލަށް މައްސަލަ ހުށަހެޅުން" 71 ވަނަ ނަމްބަރު ލިޔެވިފައި ވަނީ އޮޅުމަކުން ކަން ފާހަގަކުރެވޭ ކަމަށާއި، ކައުންސިލް ހިންގާ ޤަވާޢިދުގައި ކައުންސިލަށް މައްސަލަ ހުށަހެޅުން " ބަޔާން ކުރެވިފައިވަނީ ޤަވާޢިދުގެ 16 ވަނަ ނަމްބަރުގައި ކަމަށްވާތީ، ހުށަހަޅާފައިވާ އިޞްލާޙުގައި  71 ވަނަ ނަމްބަރު ލިޔެވިފައިވާ ތަން 16 ވަނަ ނަމްބަރަށް އިޞްލާޙުކޮށް " ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ހިމެނުމަށް ހުށަހަޅާފައިވާ އިޞްލާޙުތައް ހިމަނައިގެން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 2 ވަނަ އިޞްލާޙު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން  މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/41

ތާރީޚް: 6 މާރޗް 2018