އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލަރުންގެ މަސައްކަތްތަކާއި ބެހޭގޮތުން ލިޔެވިފައި ހުރި މާއްދާތަކަށް ރަނގަޅަށް ރިޢާޔަތް ކުރެވިފައިވާ ކަމަށް ފާހަގަ ނުކުރެވޭތީ ހުށަހަޅާ މައްސަލަ

24 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާގެ ފަރާތުން، ކައުންސިލަރުންގެ ވަޒީފާ ބަޔާނެއް އެކުލަވާލާ އެ ބަޔާނަށް އުނި އިތުރެއް، އިސްލާހެއް ނުވަތަ ޚިޔާލެއް ވާނަމަ ހުށަހެޅުއްވުމަށް އެދިވަޑައިގެން، ކައުންސިލް އިދާރާއިން ކައުންސިލަރުންނަށް ފޮނުވާފައިވާ ޑްރާފްޓްގައި، ކައުންސިލަރުން އިދާރާގައި އަދި އަވަށު އޮފީހުގައި އަދާކުރާނެ މަސްއޫލިއްޔަތު ކަނޑައަޅުއްވާފައިވާއިރު، ޤާނޫނު އަސާސީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 2010/7) ގައި ކައުންސިލަރުންގެ މަސައްކަތްތަކާއި ބެހޭގޮތުން ލިޔެވިފައި ހުރި މާއްދާތަކަށް ރަނގަޅަށް ރިޢާޔަތް ކުރެވިފައިވާ ކަމަށް ފާހަގަ ނުކުރެވޭތީ ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތްކައުންސިލަރ އިބްރާހީމް ޝުކުރީ        

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމާއިއެކު، ކައުންސިލަރ އިބްރާހީމް ޝުކުރީ ހުށަހެޅުއްވި ގޮތަށް ކައުންސިލް އިދާރާގެ ސެކްޝަންތަކާއި އަވަށު އޮފީސްތައް ހިންގުމުގެ މަސައްކަތް ވިލަރެސް ކުރުމަށް ކައުންސިލަރުން ކަނޑައަޅައި ކުރިއަށް ގެންދިއުމަށާއި، ކައުންސިލް އިދާރާއާއި އަވަށު އޮފީސްތައް ހިނގާ ނުހިނގާ ގޮތް ބަލާ، އިދާރާގެ އިދާރީ މުވައްޒަފުންނާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް ބާރު އަޅާ، ސެކްޝަންތަކުގެ ކަންކަން ވިލަރެސް ކޮށް، އިޞްލާޙް ކުރަންޖެހޭ ކަމެއް ފެނިއްޖެނަމަ، އެކަމެއް މޭޔަރަށް ނުވަތަ ޑިޕިއުޓީ މޭޔަރަށް ހުށަހަޅައިގެން އެކަމެއް އިޞްލާޙް ކުރުމާއި ނުވަތަ އެކަމަކީ ކައުންސިލަށް ހުށަހަޅައިގެން ނިންމަންޖެހޭ ކަމެއް ނަމަ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަން ފެންނާތީ، ވަކިވަކި ސެކްޝަންތަކާއި އަވަށު އޮފީސްތައް ކައުންސިލަރުންނާއި ޙަވާލު ކުރަން ފެނުނު ހިނދު، ހިއުމަން ރިސޯސް ސެކްޝަނަށް ޖަމްޝީދާ މުޙައްމަދު، އެޑްމިން ސެކްޝަނަށް ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު، ފައިނޭންސް ސެކްޝަނަށް ޙުސައިން ހިޔާޒް، ޕްރޮޖެކްޓް ސެކްޝަނަށް ފައިޞަލް އިބްރާހީމް ޕްލޭނިންގ ސެކްޝަނަށް ޢަލީ ފަހުމީ އަޙްމަދު، ސޯޝަލް ސާރވިސް ސެކްޝަނަށް އިބްރާހިމް ޝުކުރީ އަދި އަވަށު އޮފީސްތައް އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ކައުންސިލަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ތާއީދު ކުރެއްވިއެވެ. އަދި މި ހުށަހެޅުމާއިއެކު ކައުންސިލްގެ ބިޑް ކޮމިޓީ މިހާރު އޮތް ގޮތް ބަދަލުކޮށް، ކޮމިޓީ އަށް ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފާއި ކައުންސިލަރ ޢަލީ ފަހުމީ އަޙުމަދާއި ކައުންސިލަރ އިބްރާހީމް ޝުކުރީ އާއި ކައުންސިލަރ ޙުސައިން ހިޔާޒް އާއި ކައުންސިލަރ ފައިސަލް އިބްރާހީމް އާއި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީ އަދި އަދި އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސު ހިމެނޭގޮތަށް 7 މެމްބަރުން ހިމެނުއްވުމަށް ފެންނަކަމަށް ފާސްކުރުމަށް ކައުންސިލަރ ފައިޞަލް އިބްރާހިމް ހުށަހެޅުއްވިއެވެ. ކައުންސިލަރ ފައިޞަލް އިބްރާހީމް ހުށަހެޅުއްވި މި ހުށަހެޅުމާއިއެކު މި މައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ ތާއީދު ކުރެއްވިއެވެ. ރިޔާސަތުން މި މައްސަލަ އަށް ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. މި ހުށަހެޅުން ފާސްވުމުން ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު ހުށަހަޅުއްވައި ކައުންސިލަރ ޙުސައިން ހިޔާޒް ތާއީދު ކުރެއްވި މައްސަލަ އަށް ވޯޓަށް އަހާފައި ނުވެއެވެ.   

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހިމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/65

ތާރީޚް: 24 އެޕްރީލް 2018