އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު ފުޓް ބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައި ދިއްލުމުގެ މަސައްކަތަށް

24 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ އަވަށު ފުޓް ބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައި ދިއްލުމުގެ މަސައްކަތަށް.

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓްސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލައިގައި ބިޑް ކާމިޔާބު ކުރި ފަރާތަށް މަސައކަތް ޙަވާލުކުރުމަށްޓަކައި އެގްރީމަންޓްގައި ސޮއިކުރުމަށް ދެވުނު ފުރުޞަތުތަކަށް އިޖާބަ ދެއްވާފައި ނުވާތީ، 2 ވަނަ ފަރާތަށް މަސައްކަތް ޙަވާލުކޮށް ކުރިއަށް ގެންދިއުމަށް ޑިޕިއުޓީ މޭޔަރ ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް ތާއީދު ލިބިފައިނުވެއެވެ. އެއީ، ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކީ ވަކި ފަރުދަކަށް ވުމުން، އިޢުލާނުގައި ވަކި ފަރުދަކަށް ކުރިމަތި ނުލެވޭނެ ކަމަށް އޮތުމާއިއެކު ވެސް އެ ފަރާތް ހިމަނައިގެން ބިޑް އިވެލުއޭޓް ކޮށްފައިވާތީ، މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކޮށްގެން ކުރިއަށް ދިއުމަށް ކައުންސިލަރ އިބްރާހީމް ޝުކުރީ ހުށަހަޅުއްވައި، އެ ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ހިޔާޒް ތާއީދު ކުރައްވައި ތާއީދު ލިބިފައިވާތީ، އެގޮތަށް މި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ހިޔާޒް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ  އިބްރާހިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/66

ތާރީޚް: 24 އެޕްރީލް 2018