އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ މަސް މާރުކޭޓެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ނިންމުން

24 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ ބަނދަރު ސަރަހައްދުގައި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މަސް މާރުކޭޓެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތުގެ އިވެލުއޭޝަން ނިމި ކައުންސިލުން މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ނިންމަވައި ދެއްވުން އެދި ހުށަހެޅުނު މައްސަލައަށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތާއި ޙަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ފެންނަ ކަމަށް ހުށަހެޅުނެވެ. އަދި ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފް މި މައްސަލަ ކުރިއަށް ގެންދިއުމަށް ތާއީދު ކުރައްވައި މި މައްސަލަ ކުރިއަށް ގެންދިއުމުގައި ޕްރޮޖެކްޓްސް ސެކްޝަނުން ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި ކުރިއަށް ދިއުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ލަފާދެއްވުމުން މިމައްސަލަ ކުރިއަށް ގެންދިއުމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ ތާއީދު ކުރެއްވުމުން ހުށަހެޅުއްވި ގޮތަށް މި މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިބަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/67

ތާރީޚް: 24 އެޕްރީލް 2018