އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު މެދު ދާއިރާގައި ބާބަކިއު ފަދަ ޙަރަކާތްތައް ބޭއްވޭ ގޮތަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮތެއް ނިންމުން

24 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ހިތަދޫ އަވަށު މެދު ދާއިރާގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ޙަރަކާތްތައް ބޭއްވޭ ގޮތަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތު އިވެލުއޭޝަން ނިމި ކައުންސިލުން މައްސަލަ ކުރިއަށް ގެންދިއުމަށް ހުށަހެޅުނު މައްސަލައަށް ގޮތެއް ނިންމުންގޮތެއް ނިންމުން    

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ       

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުށަހަޅާފައިވާ މައްސަލާގައި ބިޑް ކޮމިޓީއިން އެންމެ އަގުހެޔޮ ފަރާތްކަމަށް ނިންމާފައިވާ އިދުރީސް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި މަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ހުށަހެޅި ތާއީދު ލިބިފައިވާތީ، މި މައްސަލައަށް ގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/69

ތާރީޚް: 24 އެޕްރީލް 2018