އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު މާކިޅި/ކޯހެރަ ކެފޭ ސަރަހައްދުގައި ބާބަކިއު ފަދަ ޙަރަކާތްތައް ބޭއްވޭ ގޮތަށް ވަޞީލަތްތައް ޤާއިމުކުރުމަށް ގޮތެއް ނިންމުން

24 އެޕްރީލް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ހިތަދޫ އަވަށު މާކިޅި އަދި ކޯހެރަ ކެފޭ ސަރަހައްދުގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ޙަރަކާތްތައް ބޭއްވޭ ގޮތަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މަސައްކަތް އެން. ޖޭ. އިންވެސްޓްމަންޓާއި ޙަވާލުކުރުމަށް  ފާސްކުރުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވާތީ މި މައްސަލަ ހުށަހެޅުނު ގޮތަށް ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/70

ތާރީޚް: 24 އެޕްރީލް 2018