އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބަށް އެހީތެރިކަން ފޯރުކޮށްދިނުމަށް

3 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑުސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިން ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމާއި، މުވައްޒަފުންގެ ރޯދަ ހަދިޔާ ދިނުމާއި، ކްލަބްގެ މެމްބަރަކަށް ދެވޭ ޢުމުރާ ދަތުރު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމެނިފައިވާ ފައިސާ ކްލަބާއި ޙަވާލުކޮށްދެއްވުމުގައި  ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ބަޔާން ކުރެވިފައިވާ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދު ފައިސާ ފިޔަވައި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރޯދަ ހަދިޔާ ދިނުމަށް 189375.00ރުފިޔާ އަދި، ކްލަބްގެ މެމްބަރަކަށް ދެވޭ ޢުމުރާ ދަތުރު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް 15000.00ރުފިޔާ، ޖުމްލަ 204375.00ރުފިޔާ (ދެލައްކަ ސާޅީސް ތިންހާސް ހަތްދިހަފަސް ރުފިޔާ) ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް ނަމްބަރު 228009 އެކިއެކި އެސޯސިއޭޝަންތަކާއި އިޖްތިމާޢީ ކޮމިޓީތައް ހިންގުމަށްދޭ އެހީގެ ފައިސާ އިން ޚަރަދުކޮށް އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބާއި މި ފައިސާ ޙަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/76

ތާރީޚް: 3 މޭއި 2018