އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2015 ވަނައަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓްގައި އިޞްލާޙު ކުރުމަށް ފާހަގަކުރެވިފައިވާ ކަންތައްތަކާއިމެދު ޢަމަލު ކުރާނެ ގޮތެއް ނިންމުން

3 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ކައުންސިލް އިދާރާގެ 2015 ވަނައަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓްގައި އިޞްލާޙު ކުރުމަށް ފާހަގަކުރެވިފައިވާ ކަންތައްތަކާއިމެދު ޢަމަލު ކުރާނެ ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލަރުންގެ މެދުގައި އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށް ޤަބޫލުކުރެވޭތީ، ކައުންސިލްރުންގެ މަޝްވަރާއަށްފަހު މިމައްސަލަ އަލުން ކައުންސިލް ރަސްމީ ބައްދަލުވުމަށް އެޖެންޑާ ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް      

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/77

ތާރީޚް: 3 މޭއި 2018