އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގައި ދާއިމީ 6 ކޮމިޓީ އުފައްދައި ކޮމިޓީތައް ހިންގާނެ ގޮތުގެ އުޞޫލްތައް ފާސްކުރުމަށް

3 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ ނިންމުން ނަމްބަރ: 426-AA(3)/2018/35 (26 އޭޕްރީލް 2018) ކައުންސިލްގެ ނިންމުން ކައުންސިލްގެ ދާއިމީ ކޮމިޓީތައް މުރާޖަޢާ ކުރުމަށް ނިންމަވާފައިވާތީ، މި ނިންމުމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ކައުންސިލްގައި ދާއިމީ 6 ކޮމިޓީ އުފައްދައި ކޮމިޓީތައް ހިންގާނެ ގޮތުގެ އުޞޫލްތައް ފާސްކުރުމަށް ހުށަހަޅާ މައްސަލައަށް ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް        

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައިގަތުމާއި، ފަށޭ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވޭ ސީނިއަރ މެނޭޖްމަންޓް މީޓިންގ ގައި މިމައްސަލައާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު މައްސަލައަށް ގޮތެއް ނިންމުމަށް އަލުން ހުށަހެޅުމަށް  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/82

ތާރީޚް: 3 މޭއި 2018