އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރިއަށް އޮތް ރަމަޟާން މަހަށް މަރަދޫ އަވަށުގެ ދަނޑިވަރު މިސްކިތް މަރާމާތު ކުރުން

8 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކުރިއަށް އޮތް ރަމަޟާން މަހަށް މަރަދޫ އަވަށުގެ ދަނޑިވަރު މިސްކިތް މަރާމާތު ކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މާތްވެގެންވާ ރަމާޟާންމަހަކީ، އެހެން މައްސަރު ތަކާއި ޚިލާފަށް ގިނަވަގުތު މީސްތަކުން އަޅުކަމުގައި ހޭދަކުރާ މަހަކަށް ވުމާއެކު މިސްކިތްތައް ޒީނަތްތެރި ކުރުމަކީ ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ބޭނުންވާ ކަމެއްކަމަށާއި، ދައުލަތުން އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމުމާއި ޙަވާލުކުރެވިފައިވާ، ކަމާއިގުޅާ މުއައްސަސާތަކުން ވަކިން ޚާއްޞަކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން އައްޑޫގެ މިސްކިތް ބެލެހެއްޓުމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަން ފާހަގަކޮށް،

އައްޑޫގެ މިސްކިތްތަކުގައި ކުރަން ހުރި މުހިއްމު މަރާމާތުތައް ބަލައި އެފަދަ މަރާމާތު ކުރެވޭނެ މަގުފަހިކުރުމަށް އައްޑޫގެ އަވަށްތަކުގައި ހިމެނޭ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމާއި، މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތަށް ކައުންސިލް ގެ ކޮންޓިންޖެންސީ ބަޖެޓްގެ ތެރެއިން އައްޑޫގެ ކޮންމެ އިންތިޚާބީ ދާއިރާއަކަށް 10000.00ރުފިޔާ(ދިހަހާސްރުފިޔާ) ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިފައިސާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ މަރާމާތު ކޯޑަށް ބަދަލުކޮށް މިކަމަށް އެދި ހުށަހަޅާތަރުތީބުން ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިސްކަން ދިނުމާއެކު ޤަވާޢިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ލިޔުން ( ޖަމުޢިއްޔާ ޖަމާޢަތް ތަކުން ހުށަހަޅަންޖެހޭ ލިޔުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ނަގަން ޖެހޭ ހުއްދަ ފަދަ ) ފުރިހަމަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/85

ތާރީޚް: 8 މޭއި 2018