އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގައި ދާއިމީ 6 ކޮމިޓީ އުފައްދައި ކޮމިޓީތައް ހިންގާނެ ގޮތުގެ އުޞޫލްތައް ފާސްކުރުމަށް

8 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ ނިންމުން ނަމްބަރ: 426-AA(3)/2018/35 (26 އޭޕްރީލް 2018) ކައުންސިލްގެ ނިންމުން ކައުންސިލްގެ ދާއިމީ ކޮމިޓީތައް މުރާޖަޢާ ކުރުމަށް ނިންމަވާފައިވާތީ، މި ނިންމުމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ކައުންސިލްގައި ދާއިމީ 6 ކޮމިޓީ އުފައްދައި ކޮމިޓީތައް ހިންގާނެ ގޮތުގެ އުޞޫލްތައް ފާސްކުރުމަށް ހުށަހެޅިމައްސަލަ ކައުންސިލްގެ ނިންމުން ނަމްބަރު 82 ގައިވާ ގޮތުގެ މަތިން، ކައުންސިލްގެ މަޝްވަރަ ބައްދަލު ވުމަށް އަލުން ގެންގޮސް ނިމިފައިވާ ގޮތާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ        

ނިންމުން

މައްސަލަ ނިމުނުގޮތް:

މައްސަލާގައި ބަޔާން ކުރެވިފައިވާ ކޮމިޓީތަކުގެ 4 ވަނަ ނަމްބަރުގައި ހިމެނޭ ކޮމިޓީގެ ނަން ބަދަލުކުރުމަށާއި، ކޮމިޓީތައް ހިންގުމުގެ އުޞޫލަށް ބަލާއިރު ފާހަގަ ކުރެވޭ މައްސަލަތައް ހުރުމުން ކައުންސިލަރުންނާއި ޒިންމާދާރުވެރިޔާ އަދި ކައުންސިލްގެ ލީގަލް ހިމެނޭގޮތަށް މަޝްވަރާ ކޮމިޓީއަށް ފޮނުވައި އެ މަޝްވަރާގައި ނިމޭ ގޮތެއްގެ މަތިން މައްސަލައަށް ގޮތެއް ނިންމުމަށް އަލުން ހުށަހެޅުމަށް  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/88

ތާރީޚް: 8 މޭއި 2018