އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްޓޮކް އެންޑް އިންވެންޓަރީ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުމަށް މަސައްކަތުގެ މުއްދަތު އަދި އަގު އިތުރުކުރުމަށް ގޮތެއް ނިންމުން

8 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނިންމުން ނަމްބަރު 83 ގައިވާ ގޮތުގެ މަތިން ސްޓޮކް އެންޑް އިންވެންޓަރީ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުމަށް ބެންޓަމް އާއި އެކު ކުރެވުނު މަސައްކަތުގެ އެއްބަސްވުމަށް އިތުރު ބަދަލުތައް ގެންނަން ޖެހޭތީ މަސައްކަތުގެ މުއްދަތު އަދި އަގު އިތުރުކުރުމާއި ގުޅިގެން  ކައުންސިލް މަޝްވަރާ ބައްދަލުވުމުގައި ނިމުނު ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ        

ނިންމުން

މައްސަލަ ނިމުނުގޮތް:

 މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައަކީ ފާއިތުވި ހަފްތާގެ ކައުންސިލް ރަސްމީ ބައްދަލުވުމަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހެޅި މައްސަލައާއި ގުޅިގެން، ކައުންސިލްގެ މަޝްވަރާ އިތުރަށް ބޭނުންވާތީ، އެ މަޝްވަރާއަށްފަހު ހުށަހެޅިގެން ކުރިއަށްދާ މައްސަލއެއްކަން ފާހަގކޮށް، މި މައްސަލަ ކައުންސިލުން ކުރިއަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ ކަންކަން (އެއްބަސްވުމުގެ ހަމަތަކާއި އެއްގޮތަށް މައްސަލަ ކުރިއަށްގެންދިއުމަށް ބިޑްކޮމިޓީގެ މަސައްކަތުގެ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް)  ފުރިހަމަ ނުކުރެވި ހުރިކަން ފާހަގަކުރެވޭތީ އެކަންކަން ފުރިހަމަ ކުރުމަށްފަހު، މާދަމާ (09 މޭއި 2018 ބުދަ ދުވަސް) ހެނދުނު 10:00ގައި ބޭއްވޭ ކައުންސިލްގެ ކުއްލި ބައްދަލުވުމަށް މައްސަލަ ހުށަހެޅުމަށް ފެންނަކަމަށް "  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/91

ތާރީޚް: 8 މޭއި 2018