އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޢީދިގަލި ޕްރޮޓެކްޓެޑް އޭރިއާ ނުވަތަ ކޯއްޓޭ އަށް ނަން ދިމުނުމުގެ މައްސަލަ މުރާޖަޢާ ކޮށް މައްސަލައަށް ގޮތެއް ނިންމުން

8 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނިންމުން ނަމްބަރު 426-AA(3)/2018/78އިން  ޢީދިގަލި ޕްރޮޓެކްޓެޑް އޭރިއާ ނުވަތަ ކޯއްޓޭ  އަށް ނަން ދިމުނުމުގެ މައްސަލަ މުރާޖަޢާ ކޮށް މައްސަލައަށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް       

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ހިތަދޫ ޕްރޮޓެކްޓެޑް އޭރިއާ ނުވަތަ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ  ސަރަޙައްދަކީ ވަރަށް ބޮޑު ސަރަޙައްދަކަށް ވެފައި، އެތަން ހިމާޔަތް ކުރުމުގެ ބޭނުމަކަށް ވެފައި ވަނީ، އެތަނަކީ ދިރޭ ތަކެތީގެ ވަރަށް ގިނަ ނަޞްލެއް ދިރިއުޅޭ ތަނަކަށް ވާތީކަމަށާއި، އަދި ހަމަ އެއާއިއެކު، ތާރީޚީ ގިނަ ތަންތަން އެ ސަރަޙައްދުގައި ހިމެނިފައިވުމާއި،

އެސަރަޙައްދުގައި "ޢީދިގަލި ކުޑަކުދިންގެ ޕާކް" މި ނަމުގައި މިހާރު ވެސް ޕާކެއް އޮތުމާއެކު، ކައުންސިލްގެ ނިންމުން ނަމްބަރު 426-AA(3)/2018/78އިން އެތަނަށް ޢިދީގަލި ޕާރކް ކިޔުމަށް ނިންމި ނިންމުން ކައުންސިލްގައި އިތުރަށް މުރާޖަޢާކުރަން ފެންނަ ކަމަށާއި، "ޢީދިގަލި ޕާކް" މި ނަމުން ހިތަދޫ ޕްރޮޓެކްޓެޑް އޭރިއާ އަށް ނަން ދީފިނަމަ "ޢީދިގަލި" ނިސްބަތް ވަނީ ކުޑަ ކުޑަ ތަންކޮޅަކަށް ކަން ފާހަގަކުރެވޭތީ، ހިތަދޫ  ޕްރޮޓެކްޓެޑް އޭރިޔާ ޙިމާޔަތް ކުރެވިފައިވާ މަޤްޞަދާއި ވެސް ގުޅުވައިގެން، މި ސަރަޙައްދު ރަމްޒު ކުރެވޭނެ ގޮތަށް، ނަން ދިނުމަކީ، މުހިއްމު ކަމެއް ކަމުގައި ދެކޭތީ،

 ކައުންސިލްގެ ނިންމުން ނަމްބަރު:426-AA(3)/2018/19 އާއި ނިންމުން ނަމްބަރު:426-AA(3)/2018/78 (2 ނިންމުން) ބާޠިލުކުރުމަށްފަހު " އައްޑޫސިޓީ ހިތަދޫ ޕްރޮޓެކްޓެޑް އޭރިއާ އަށް "އައްޑޫ ނޭޗަރ ޕާކް" މި ނަން ދިނުމަށް ފެންނަކަމަށް"  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ހުށަހެޅުން ހުށަހެޅި:  މޭޔަރ ޢަބްދުﷲ ޞާދިޤް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/93

ތާރީޚް: 8 މޭއި 2018