އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު އޮފީސް ތަކުން ދޫކުރެވޭ ރަސްމީ ލިޔުންތަކުގައި ދާއިރާގެ ކައުންސިލަރު ސޮއިކުރުން

15 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ކައުންސިލްއިދާރާގެ އަވަށު އޮފީސް ތަކުން ރައްޔިތުންނަށް ދޫކުރެވޭ އެކިއެކި ޤާނޫނީ ރަސްމީ ލިޔުންތަކާއި ކައންސިލް އިދާރާއަށް ފޮނުވާ އެފަދަ ޤާނޫނީ ލިޔުންތަކުގައި އެއަވަށެއް ނިސްބަތްވާ ދާއިރާގެ ކައުންސިލަރު ސޮއިކުރާގޮތަށް ހަމަޖެއްސުން 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ         

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އަވަށު އޮފީސް ތަކުން ރައްޔިތުންނަށް ދޫކުރެވޭ ޤާނޫނީ އެކިއެކި ރަސްމީ ލިޔުންތަކާއި ކައުންސިލް އިދާރާއަށް ފޮނުވާ އެފަދަ ޤާނޫނީ ލިޔުންތަކުގައި ކައުންސިލަރުންނަށް ސޮއިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކައުންސިލަރުންނަކީ އަބަދު އަވަށު އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމުގައި ނުވާތީ،  ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތް މެދުނުކެނޑޭ ގޮތަށް އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެއަވަށެއްގެ އަވަށު އޮފީސް ނިސްބަތްވާ ދާއިރާގެ ކައުންސިލަރ އަވަށުގައި މަސައްކަތް ކުރައްވާ ވަގުތު ތަކުގައި މިފަދަ ލިޔުންތަކުގައި ކައުންސިލަރު ސޮއިކުރައްވަމުން ގެންދިއުމަށާއި، އަދި ކައުންސިލަރ އަވަށުގައި ވަޑައިގެން ނުއުޅުއްވާ ވަގުތުތަކުގައި ކައުންސިލަރުގެ އިޛުނަ ހޯއްދަވައި، އެވަގުތަކު އޮފީސް ހިނގުމަށް އިދާރީ ގޮތުން ޙަވާލުވެ ހުންނަވާ އިސް މުވައްޒަފު މިފަދަ ލިޔުން ތަކުގައި ސޮއިކުރެއްވުމާއި އަދި މިގޮތަށް ސޮއި ކުރެވޭ ލިޔުންތަކުގެ މަޢުލޫމާތު ކައުންސިލަރ އޮފީހަށް ވަޑައިގަތުމުން ކައުންސިލަރަށް އެރުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/96

ތާރީޚް: 15 މޭއި 2018