އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެޑް ކްރެސެންޓް ހިތަދޫ ބްރާންޗަށް ކްލަބް ހައުސް ޢިމާރާތުގެ ތިރީބައި ދިނުމަށް

15 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ރެޑް ކްރެސެންޓް ހިތަދޫ ބްރާންޗުން ހިންގަވާ އެކިއެކި ޕްރޮގްރާމްތަކާއި ޓްރެއިނިންތައް ހިންގުމަށް ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ކްލަބް ހައުސް ޢިމާރާތުގެ ތިރީބައި ހޯދުމަށް އެދި ރެޑް ކްރެސެންޓުން ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން          

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ މަޝްވަރާ ބައްދަލުވުމަށް މިމައްސަލަ ހުށަހެޅުމަށާއި، މަޝްވަރާ ބައްދަލުވުމުގައި ނިމޭ ގޮތެއްގެ މަތިން މައްސަލައަށް ގޮތެއް ނިންމުމަށް އަލުން ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ        

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/97

ތާރީޚް: 15 މޭއި 2018