އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދާއިމީ ކޮމިޓީ ތަކުގެ މައްސަލ މަޝްވަރާ ކުރުމަށްފަހު ޤަވާޢިދު ކޮމިޓީގެ އުޞޫލު ފާސްކޮށް އެކޮމިޓީ އެކުލަވާލުން

15 މޭއި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުން ނަމްބަރު 88 ގައިވާ ދާއިމީ ކޮމިޓީ ތަކުގެ މައްސަލ މަޝްވަރާ ކުރުމަށްފަހު ޤަވާޢިދު ކޮމިޓީގެ އުޞޫލު ފާސްކޮށް އެކޮމިޓީ އެކުލަވާ ލުމުގައި ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް         

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލްގެ ޤަވާޢިދުކޮމިޓީގެ ނަން ޢާއްމު ކޮމިޓީގެ ނަމަށް ބަދަލުކޮށް ހުށަހަޅާފައިވާ ޤާވާޢިދު ޢާއްމުކޮމިޓީއަށް ފޮނުވުމަށާއި، ކައުންސިލްގެ ޢާއްމުކޮމިޓީގެ މެމްބަރުންގެ ގޮތުގައި ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީމޭޔަރ ނުހިމަނައި ދެން ތިއްބެވި ކައުންސިލަރުންނާއި ( ކައުންސިލަރ ޖަމްޝީދާ މުޙައްމަދު، ކައުންސިލަރ ފައިޞަލް އިބްރާހީމް، ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ކައުންސިލަރ ޙުސައިން ޙިޔާޟް، ކައުންސިލަރ އިބްރާހީމް ޝުކުރީ) ކައުންސިލް އިދާރާގެ ލީގަލް ޔުނިޓްގެ ހެޑް، ލީގަލް އޮފިސަރ،އަދި ލީގަލް އެސިސްޓެންޓް، ހިމަނައިގެން ޢާއްމު ކޮމިޓީ އެކުލަވާލުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ        

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/99

ތާރީޚް: 15 މޭއި 2018