އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް މެމްބަރުންގެ މަސައްކަތް ކަނޑައަޅުމާއި، ދާއިމީ ކޮމިޓީއަށް މެމްބަރުން ކަނޑައަޅައި އިދާރީ މުވައްޒަފުން ހަމަޖެއްސުން

20 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލް މެމްބަރުންގެ މަސައްކަތް ކަނޑައެޅުމާއި، ކައުންސިލްގެ ދާއިމީ ކޮމިޓީތަކަށް ކައުންސިލް މެމްބަރުން ކަނޑައެޅުމާއިއެކު ކޮމިޓީތަކުގެ މަސައްކަތް ކުރައްވާނެ އިދާރީ މުވައޒަފުން ހަމަޖައްސަވައި އެމުވައްޒަފުންގެ ވަޒީފާ ބަޔާނަށް ކޮމިޓީތަކުގައި ކުރަންޖެހޭ މަސައްކަތް އިތުރު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ  ޢަބްދުﷲ ޞާދިޤު     

ނިންމުން

މައްސަލަ ނިމުނުގޮތް:

  1. މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ކައުންސިލަރ ޖަމްޝިދާ މުޙައްމަދު ހުށަހަޅުއްވައި، ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު ތާއީދު ކުރައްވަނީ، ކައުންސިލަރުންގެ މަސައްކަތް ތިރީގައިވާގޮތަށް ފާސްކުރުމަށެވެ.
  2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތް ކޯޑިނޭޓް ކުރުން -  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް
  3. ޤަވާޢިދުގެ ކަންކަން ބަލަހައްޓާ ކޮމިޓީ -  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ކައުންސިލަރ ޙުސައިން ހިޔާޟް، ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް
  4. ޕަބްލިކް ސާރވިސް އެންހޭންސްގެ ކަންކަން ބަލަހައްޓާ ކޮމިޓީ އަށް –  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު
  5. ސިޓީ ބާޒާރުގެ ކަންކަން ބަލަހައްޓާ ކޮމިޓީ -  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ކައުންސިލަރ ޖަމްޝީދާ މުޙައްމަދު، މޭޔަރ ޢަބްދުﷲ ޞާދިޤު  
  6. އިޤްތިޞާދީ ކަންކަން ބަލަހައްޓާ ކޮމިޓީ އަށް -  މޭޔަރ ޢަބްދުﷲ ޞާދިޤު
  7. އިޖްތިމާޢީ ކަންކަން ބަލަހައްޓާ ކޮމިޓީއަށް  -  ކައުންސިލަރ އިބްރާހީމް ޝުކުރީ
  8. ދިނީ ކަންކަން ބަލަހައްޓާ ކޮމިޓީއަށް  -   ކައުންސިލަރ ހުސައިން ޙިޔާޟް
  9. ސްޕޯޓްސް ކަންކަން ބަލަހައްޓާ ކޮމިޓީއަށް  -  ކައުންސިލަރ ފައިސަލް އިބްރާހީމް
  10. ތާރީޚާއި ސަޤާފީ ކަންކަން ބަލަހައްޓާ ކޮމިޓީ އަށް -  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު
  11. ހިމާޔަތް ކުރެވިފައިވާ ތަންތަން ބަލަހައްޓާ ކޮމިޓީ އަށް –   މޭޔަރ ޢަބްދުﷲ ޞާދިޤު
  12. ސްޓާފް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބަށް -   މޭޔަރާއި ޑިޕިއުޓީ މޭޔަރ އަދި ހުރިހާ ކައުންސިލަރުން

މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތަކާއި ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ގުޅުންހުރި މަޝްރޫޢުތަކުގެ މަސައްކަތް ވިލަރެސް ކުރާނެ ކައުންސިލަރުން ކަނޑައެޅުމަށް މޭޔަރ ޢަބްދުﷲ ޞާދިޤު ލަފާއަރުވައި ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު ތާއީދު ކުރެއްވުމުން ކައުންސިލްގާ މަޝްވަރާކުރުމަށްފަހު، ތިރީގައިވާގޮތަށް ކައުންސިލަރުން މަސައްކަތް ކުރައްވާގޮތަށް ފާސްކުރެވުނެވެ.

  1. އިޤްތިޞާދީ ކަންކަން ވިލަރެސް ކުރުން  -  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    
  2. އިޖުތިމާޢީ ކަންކަން ވިލަރެސް ކުރުން. (ދީނީ، ސިއްޙަތު، ތަޢުލީމު، އެންވަޔަރަންމަންޓް، ޑިޒާސްޓަރ، ކްރައިމް ޕްރިވެންޝަން، އިޖްތިމާޢީ ރައްކާތެރިކަން) -  ކައުންސިލަރ ޙުސައިން ހިޔާޟް
  3. ޢުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތައް ވިލަރެސް ކުރުން.  ކައުންސިލަރ އިބްރާހިމް ޝުކުރީ
  4. ތާރީޚާއި ސަޤާފީކަންކަން ވިލަރެސް ކުރުން. ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު
  5. ކުޅިވަރާއި މުނިފޫހި ފިލުވުމާއި ގުޅޭ ކަންކަން ވިލަރެސް ކުރުން.  ކައުންސިލަރ ފައިޞަލް އިބްރާހީމް
  6. އިދާރީ ހިންގުން (މޭޔަރގެ ބެއްލެވުމުގެ ދަށުން ކަންކަން ވިލަރެސްކޮށް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޕްލޭންތަކާއި ރިޕޯޓުތަކާއި ބަޖެޓުގެ ކަންކަން މުއްދަތަށް ނިންމުމަށް ބާރުއެޅުން)  -  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފު                    

ތާއީދު ކުރެއްވި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު    

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/139

ތާރީޚް: 20 ޖޫން 2017