އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައިގައި ބައިވެރިވާ މީދޫ އަވަށު އޮފީހުގެ 4 މުވައްޒަފުން އެއްގަމު ދަތުރު

13 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައިގައި ބައިވެރިވާ މީދޫ އަވަށު އޮފީހުގެ 4 މުވައްޒަފުން އެމް. އެން.ޔޫ އަށް ދިއުމަށްޓަކައި ކޮންމެ ހަފްތާއަކު ފޭދޫން ހިތަދުއަށް އަދި ހިތަދޫން ފޭދޫއަށް ކުރަންޖެހޭ އެއްގަމު ދަތުރު ކައުންސިލުން ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާ ކުއްލި މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޙިޔާޟް      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައިގައި ބައިވެރިވާ މީދޫ އަވަށު އޮފީހުގެ 4 މުވައްޒަފުން އެމް. އެން.ޔޫ އަށް ދިއުމަށްޓަކައި ކޮންމެ ހަފްތާއަކު ފޭދޫން ހިތަދުއަށް އަދި ހިތަދޫން ފޭދޫއަށް ކުރަންޖެހޭ އެއްގަމު ދަތުރު ކައުންސިލްއިދާރާގެ ވެހިކަލް ގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/46

ތާރީޚް: 13 މާރޗް 2018