އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ހުޅުދޫ އަވަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން

13 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ހުޅުދޫ އަވަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތުގެ އިވެލުއޭޝަން ނިމިފައިވާތީ   މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫ ހުޅުދޫ އަވަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާތާ ގިނަދުވަސްތަކެއް ފާއިތުވެ ގޮސްފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށާއި، މިފަދަ މަސައްކަތް ކައުންސިލުން ހިންގުމުގައި މިހާރަށްވުރެ ފަރުވަތެރިކަމާއި އެކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

ބިޑް ކޮމިޓީގެ މަސައްކަތުގެ މަރުހަލާގައި ނިމިފައިވާ ގޮތުގެ މަތިން އައްޑޫ ހުޅުދޫ އަވަށުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފޯލިންކްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދިއުމަށް  ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/47

ތާރީޚް: 13 މާރޗް 2018