އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ް ޗައިނާގެ ހަންގުޒޯ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އީ-ކޮމާސް ވޯކްޝޮޕްގައި ކައުންސިލުން ބައިވެރިވުމަށް

13 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

6 އިން 10 މެއި 2018 އަށް ޗައިނާގެ ހަންގުޒޯ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އީ-ކޮމާސް ވޯކްޝޮޕްގައި ކައުންސިލުން ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، ކައުންސިލުން މި ވޯކް ޝޮޕްގައި ބައިވެރިވުމާއިމެދު ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށްފަހު، ޕްލޭނިންގ ސެކްޝަނުން މައްސަލަ ހުށަހަޅާފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، އަދިUCLG-ASPAC  ގެ މެމްބަރު ޤައުމުތަކަށް އެފަރާތުން ދެއްވާފައިވާ ފުރުޞަތުގައި ހިމެނޭ " އީކޮމާސް ޓްރެއިންންގ ވޯރކްޝޮޕް 2018" ގައި ބައިވެރިވުމުގެ ފުރުޞަތުގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ 2 ބޭފުޅަކަށް ހަމަޖެއްސުމަށް ފެންނަކަމަށާއި،

މިގޮތުން 01 މޭއި 2018 އިން 10 މޭއި 2018 އަށް ޗައިނާގެ ހަންގްޒޯ ސިޓީގައި ކުރިއަށްދާ އީކޮމާސް ޓްރެއިންންގ ވޯރކްޝޮޕް ގައި ކައުންސިލް އިދާރާއިން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި، ކައުންސިލަރ ޖަމްޝީދާ މުޙައްމަދު އަދި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ، ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަން ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/50

ތާރީޚް: 13 މާރޗް 2018