އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ ކުދެހިގޭ އާމިނަތު ޝިރުމީނަށް ކައުންސިލުން އެހީތެރިކަމެއް ފޯރުކޮށްދިނުން

13 މާރޗް 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

19 ޑިސެމްބަރ 2017 ވަނަ ދުވަހު ސ. މީދޫ ކުދެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ބަދިގެ އެއްކޮށް އަނދައިގެން ދިއުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ، މި ގެއްލުން ލިބުނު މީދޫ ކުދެހިގޭ އާމިނަތު ޝިރުމީނަށް ކައުންސިލުން އެހީތެރިކަމެއް ފޯރުކޮށްދިނުން އެދި  

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ޙިޔާޟް     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ބަޔާން ކުރެވިފައިވާ ކުދެހިގޭ އާމިނަތު ޝީރުމީނަކީ އެކަނިވެރި ދިރިއުޅުމެއްގައި ހިތްވަރާއެކު އާމްދަނީ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާމީހަކަށް ވެފައި، ކުދެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އާމިނަތު ޝިރުމީނު އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާ ބަދިގޭގައި ކަމަށްވާތީ، އަދި މިބަދިގެ އަނދައިގެން ދިޔައީ މަސައްކަތް ކަރުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކާއެކުގައި ކަމަށްވެފައި، އާމިނަތު ޝިރުމީނަށާއި އެ އާއިލާއަށް ލިބުނު ހިތްދަތިކަމުގައި ކައުންސިލުން ބައިވެރިވުމަށް ފެންނަކަމަށާއި،

ކައުންސިލްގެ މާލީ ޙާލަތު މިވަގުތު ހުރި ގޮތަށްބަލައި، މި ހާދިސާއާއި ގުޅިގެން މާލީ ބޮޑު އެހީތެރިކަމެއް ދެވެން ނެތުމުން ކައުންސިލްގެ އާމްދަނީ ބަޖެޓްގައި،  ކާރިސާ ތަކާއި ގުޅިގެން ކުރިމަތިވާ ކަންކަމަށް އެހީވުމަށް ކަނޑައަޅާފައިވާ ބަޖެޓް ކޯޑުން އައްޑޫ މީދޫ ކުދެހިގޭ އާމިނަތު ޝިރުމީނަށް ކައުންސިލުން ދެވޭ ރަމްޒީ އެހީއެއްގެ ގޮތުން 5000.00ރުފިޔާ (ފަސްހާސްރުފިޔާ) ގެ މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފަޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ      

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/51

ތާރީޚް: 13 މާރޗް 2018