އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރަބީޢުލް ޤުލޫބު އިން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތަށް ކައުންސިލްގެ އެހީތެރިކަމަށް އެދުން

5 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  މުއައްސަސަތު ރަބީޢުލް ޤުލޫބު އިން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ   

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން            

ނިންމުން

 

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިއީ މުއައްސަސަތު ރަބީޢުލް ޤުލޫބު އިން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ހިލޭސާބަހަށް ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށް މިކަމުގައި ކައުންސިލުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ  މުއައްސަސަތުލް ރަބީޢުލް ޤުލޫބުއިން ހުށަހަޅާފައިވާ ތަފްޞީލު ތަކުގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން، 01 މޭޒު 1950.00ރުފިޔާގެ ރެޓުން، 01 ގޮނޑި 2750.00ރުފިޔާގެ ރޭޓުން، އަދި 01 ސައުންޑް ސިސްޓަމް 5400.00ރުފިޔާގެ ރޭޓުން، ގަތުމަށް ހިނގާނެ ޚަރަދު  ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ ކަންކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުގެ ތެރެއިން  ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، އަދި މިތަކެތި ގަތުމަށްފަހު މުއައްސަސަތު ރަބީޢުލް ޤުލޫބައި ތަކެތި ޙަވާލުކުރެވެނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.   

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް             

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/108

ތާރީޚް: 5 ޖޫން 2018