އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައިރަނަރސްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ މެރަތަން ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަ

5 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  އައިރަނަރސްގެ ފަރާތުން 29 ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ މެރަތަން ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން            

ނިންމުން

 

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫ މެރަތަން އަކީ ސިޓީގެ ރަސްމީ މެރަތަން ކަމަށް ހެދުމަށާއި، ރޭސް ބޭއްވުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިރަނާރސް އިން ހުށަހަޅާފައިވާ ތަފްޞީލުގައި ހިމެނޭ މެރަތަންގެ ކުދިން ބައިވެރިވާ(1.6km) އަދި (3.2km) 2 ގްރޫޕަށް ގިފްޓް ދިނުމާއި މިގޮތުން މި 2 ގްރޫޕުން ވެސް 01ވަނަ އަށް 1500.00ރުފިޔާ 02 ވަނައަށް 1000.00ރުފިޔާ އަދި 03ވަނައަށް 500.00ރުފިޔާގެ ގިފްޓް ދިނުމަށް ފެންނަކަމަށާއި، މުބާރާތުގައި ބައިވެރިވާ އެތްލީޓުންނަށް ކައުންސިލުން މަރުހަބާ ދެންނެވުމާއި، އަދި މި ރޭހުގައި ބައިވެރިވާ އިންޓަރނޭޝަލް އެތްލީޓުންނަށް ސްވެނިއަރ ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް            

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/110

ތާރީޚް: 5 ޖޫން 2018