އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިސިކަލް ރޭސް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސާނެ ފަރާތެއް ހޯދުން

12 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: 2018 ޖުލައި މަހުގެ 26 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިސިކަލް ރޭސް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސާނެ ފަރާތެއް ހޯދުން   

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން            

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިސިކަލް ރޭސް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތު ކުޑަތަން ވެފައިވާތީ، މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އިޢުލާނު ކޮށްގެން ފަރާތެއް ހޯދުމުގެ ބަދަލުގައި، އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެއްފަހަރާ ބައްދަލުކޮށް، އެފަރާތްތަކަށް މިޙަރަކާތާއި ގުޅޭ މަޢުލޫމާތު އަރުވައި، އެފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ދިނުމަށް ފެންނަކަމަށާއި، މިގޮތުން ހުޅުވާލެވޭ ފުރުޞަތުގައި ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފަރާތަކާއި ޙަވާލުކޮށްގެން މިޙަރަކާތް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/113

ތާރީޚް: 12 ޖޫން 2018