އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ފުޓުބޯޅަ ދަނޑުގެ ލައިޓް ޖަހައި ދަނޑު ދިއްލުމުގެ މަސައްކަތުގެ ރިޓެންޝަން ފައިސާއާއި ލިކުއިޑޭޓެޑް ޑެމެޖަސް އާއި ގުޅޭ

12 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު COM-2018-I(D) (27 ފެބުރުއަރީ 2018) އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގެ (ޅ) ގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގެ (ހ) ގައިވާ ފޭދޫ ފުޓުބޯޅަ ދަނޑުގެ ލައިޓް ޖަހައި ދަނޑު ދިއްލުމުގެ މަސައްކަތުގެ ރިޓެންޝަން ފައިސާއާއި ލިކުއިޑޭޓެޑް ޑެމެޖަސް އާއި ގުޅޭ ގޮތުން ކަންހިނގާފައިވާ ގޮތް ފުރިހަމައަށް ދިރާސާކޮށް ހުށަހެޅިފައިވާ ރިޕޯޓްއާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް            

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ސުރުޚީގައި ބަޔާކުރެވިފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު މިއިދާރާގެ ލީގަލް ޔުނިޓުން ތައްޔާރުކުރެވިފައިވާ ރިޕޯރޓްގައި ފާހަގަ ކުރެވިފައިވާ ގޮތުގެ މަތިން، މަސައްކަތުގެ ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާއިން ލިކުއިޑޭޓެޑް ޑެމެޖަސްގެ ގޮތުގައި 107,532/-ރުފިޔާ ( އެއްލައްކަ ހަތްހާސް ފަސްސަތޭކަ ތޭވީސް ރުފިޔާ) އުނިކުރަން ޖެހޭފަދަ ޙާލަތެއް ދިމާވެފައި ނުވާތީއާއި، ކޮންޓްރެކްޓަރަށް ދީފައިވާ ފައިސާއިން ލިކުއިޑޭޓެޑް ޑެމަޖަސްގެ ގޮތުގައި މިފައިސާ ހޯދާނެ ތަނެއް ނެތްކަމަށް ފާހަގަކުރެވިފައިވާތީ އާއި،

ކޮންޓްރެކްޓަރަށް ރިޓެންޝަންގެ ގޮތުގައި ދީފައިވާ 33,916/-ރުފިޔާ (ތިރީސްތިންހާސް ނުވަސަތޭކަ ސޯޅަރުފިޔާ)  ދީފައިވަނީ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިންކަން ފާހަގަކުރެވޭތީ، ރަޖުޢީ (retrospective) ކޮށް މާޒީގައި (2015 އާއި 2016 ވަނަ އަހަރުގައި) ހިނގާފައިވާ ފޭދޫ ފުޓުބޯޅަ ދަނޑުގެ ލައިޓް ޖަހައި ދަނޑު ދިއްލުމުގެ މަސައްކަތާއި ގުޅޭ ކަންކަމުގެ މައްޗަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު COM-2018-I(D) (27 ފެބުރުއަރީ 2018) އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ޤަވާއިދު ނަންބަރު 2017/R-20 (20 ފެބުރުއަރީ 2017) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ތަޠްބީޤްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާތީ، މިމައްސަލައާއި ގުޅިގެން މިފައިސާ ހޯދުމަށް ދަޢުވާ ކުރަންޖެހޭ ތަނެއް އޮތްނަމަ، އެފަރާތާއި ދެކޮޅަށް ދަޢުވާ ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ހިޔާޟް      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/114

ތާރީޚް: 12 ޖޫން 2018