އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝައިޚް ޙުސައިން ރަހާ ޕްރީސްކޫލް ގެ މަރާމާތުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން

12 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޝައިޚް ޙުސައިން ރަހާ ޕްރީސްކޫލް ގެ މަރާމާތުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް            

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ހިތަދޫ އަވަށުގައި ހިންގާ ޝައިޚް ޙުސައިން ރަހާ ޕްރީ ސްކޫލްގެ ބައެއް ދޮރާއި ދޮރުފަތްތައް ނެތުމުގެ ސަބަބުން ސްކޫލްގައި ބޭނުން ކުރާ ތަކެތި ވަގަށް ނެގުމާއި ރޭގަނޑު ބުޅާ ވަދެ ކްލާސް ރޫމްތަކަށާއި ކުދީން ކުޅޭ ހޯލް ހަޑިކުރަމުންދާތީ، މިކަން ހައްލު ކުރުމުގައި ކައުންސިލްގެ ދީލަތި އެހީއެއް ހަމަޖައްސަވާ ދެއްވުން އެދި އެ ސްކޫލުން ހުށަހަޅާފައިވާތީއާއި، މި ސްކޫލަކީ މަދު ކުދިންތަކަކަށް ނަމަވެސް އުނގަންނައި ދިނުމުގެ ކަންކަން ކުރިއަށް ގެންދާ ސްކޫލަކަށްވެފައި ދޮރުފަތް ނެތުމުން ޢިމާރާތަށާއި ތަނަށް ހޯދިފައި ހުންނަ އަގު ބޮޑުތަކެއްޗަށް ގެއްލުންވެ ބުޅަލުގެ ނަޖިހުގެ ސަބަބުން ތަނަށް ގެއްލުން ވުމަކީ އޭގެ އަސަރު ކުދިންނަށް ވެސް ފޯރާނެ ކަމަކަށް ވުމާއެކު، މިމައްސަލަ ޙައްލުކުރުމުގައި ކައުންސިލުން އެހީތެރިވުމަކީ މުހިއްމު ކަމެއްކަމަށް ފެންނާތީ، ކޮންޓިންޖެންސީ ބަޖެޓުގައި ހުރި ފައިސާއިން، ޝައިޚް ޙުސައި ރަހާ ޕްރީ ސްކޫލުން ހުށަހަޅާފައިވާ އެސްޓިމޭޓްގައިވާ، 57,816.64ރުފިޔާ (ފަންސާސް ހަތްހާސް އަށްސަތޭކަ ސޯޅަ ރުފިޔާ/ފަސްދޮޅަސް ހަތަރުލާރި) ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑަށް އިތުރުކުރުމަށްފަހު މިފައިސާ ޚަރަދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް  ." ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް        

ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/115

ތާރީޚް: 12 ޖޫން 2018