އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޤުރުއާން މުބާރާތުގެ ކަންކަން ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ސާފުކުރުން

26 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ކަމަށްބުނެ ކައުންސިލްގެ އާމްދަނީ ބަޖެޓުން ޚަރަދުކޮށްގެން ހިންގުނު ޤުރުއާން މުބާރާތުގެ ކަންކަން ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ސާފުކުރުން.   

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ             

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށް ހިންގާ އެއްވެސް ކަމެއް ޤާނޫނީ ގޮތުން ހިންގޭނީ، އެކަމެއް ހިންގުމުގެ ކުރިން އެކަމާބެހޭ ފުރިހަމަ މައުލޫމާތު ކައުންސިލަށް ލިބި ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށްވީނަމަވެސް އައްޑޫ ޤުރުއާން މުބާރާތް ރާވާ ހިންގިގޮތުގެ އެއްވެސް މަޢުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާކަންފާހަގަ ކުރެވޭތީ، މުބާރާތާއި ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ( މިމުބާރާތް ބޭއްވުމަށް ޢާއްމުކޮށް އިޢުލާނު ކުރެވިފައި ވޭތޯއާއި، އެ އިޢުލާނުގެ މުއްދަތު، ދަރިވަރުން މުބާރާތަށް ތައްޔާރުވުމަށް ދެވުނު ފުރުޞަތު، މުބާރަތް ހިންގެވީ ކޮންފަރާތަކުންކަން، މުބާރާތަށް ހިނގާފައިވާ ޚަރަދުގެ ތަފްޞީލު، މުބާރާތަށް ފަނޑިޔާރުން ހޯދުމަށް ޢާއްމުކޮށް އިޢުލާނު ކޮށްފައި ވޭތޯއާއި، މުބާރާތަށް ފަނޑިޔާރުން ކަނޑައެޅުއްވި ގޮތް، މުބަރާތާއި ގުޅިގެން ސްކޫލްތަކަށް ފޯރުކޮށްދެއްވި މަޢުލޫމާތާއި އެއްގޮތަށް ދަރިވަރުންނަށް ދަތުރު ޚަރަދު ދެއްވާފައިވޭތޯ، އަދި މިޚަރަދު ހަމަނުޖެއްސި އޮތްނަމަ އެކަން ހިނގާފައިވާގޮތް، މުބާރާތުގެ އިންތިޒާމް ހަމަޖެހެމުންއައި ގޮތުގެ މަޢުލޫމާތު ކައުންސިލާއި ޙިއްސާ ނުކުރެވި އޮތް ސަބަބު) ލިޔުމުން ސާފުވާގޮތަށް ކައުންސިލަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/117

ތާރީޚް: 26 ޖޫން 2018