އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ފްރެންޑްސް " ގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށް

26 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ފްރެންޑްސް " ގެ ނަމުގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރުމަށް އަމިއްލަ ފަރާތަކުން މިނިސްތްރީ އޮފް ހޯމް އެފެއާރޒަށް ހުށަހެޅުއްވި މައްސަލަ ލަފާފުޅަކަށް އެދި މިނިސްޓްރީން ހުށަހެޅުއްވި މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން               

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ހުށަހަޅާފައިވާ ސިޓީގައި ކައުންސިލްގެ ސިޔާސަތުތަކާއި ޖަމުޢިއްޔާގެ ނަމާއި މަޤްޞަދަށް ރިއާޔަތް ކޮށް ޖަމުޢިއްޔާ ރަޖިސްޓްރީ ކުރުމުގެ ލަފާފުޅަކަށް އެދި ފައިވުމާއެކު، މިބާވަތުގެ މައްސަލަތައް ކައުންސިލަށް ހުށަހެޅުމުގެ ކުރިން، ޖަމުއިއްޔާގެ މިފަދަ މަޢުލޫމާތު ހޯދައި ކައުންސިލަށް ހުށަހެޅުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް،  މީގެ ކުރިން އައްޑޫގައި "އައްޑޫ ފްރެންޑްސް" ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓްރީ ކުރެވިފައި ނުވުމާއި، ޒުވާނުން އިސްނަންގަވައިގެން ކުރާ މިފަދަ މުހައްމު ކަންކަމަށް ކައުންސިލްގެ ބައިވެރިވުން ދިނުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭތީ "އައްޑޫ ފްރެންޑްސް" ނަމުގައި މި ޖަމުޢިއްޔާ ރަޖިސްޓްރީ ކުރުމާއި މެދު ކައުންސިލްގެ އިޢުތިރާޟެއް ނެތްކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު     

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/121

ތާރީޚް: 26 ޖޫން 2018