އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2017 ވަނަ އަހަރަށް ފާސްކުރައްވާފައިވާ ކައުންސިލްގެ އާމްދަނީ ބަޖެޓް ރިވައިސްކޮށް، ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން

6 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

 (ހ) އައްޑޫސިޓީ ކައުންސިލްގެ 2017 ވަނަ އަހަރަށް ފާސްކުރައްވާފައިވާ ކައުންސިލްގެ އާމްދަނީ ބަޖެޓް ރިވައިސްކޮށް، ތައްޔާރުކުރެވިފައިވާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން

   

މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

ބަޖެޓްގެ 422005: މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުގައި ބައްތިޖެހުން މިކޯޑްގައި ހުރި -/437000 ރުފިޔާގެ ތެރެއިން )ހަތަރުލައްކަ ތިރީސް ހަތްހާސް ރުފިޔާ/-) -/210000ރުފިޔާ (ދެލައްކަ ދިހަހާސް ރުފިޔާ/-) އުނިކޮށް، އެފައިސާ އާބާދީގެ ނިސްބަތުން ދާއިރާ ކޯޑް: 228010، ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއަށް އިތުރުކުރުމަށް، ވޯޓަށް އަހާ އެ ޢަދަދު އިތުރުކޮށްދިނުމަށް ނިންމުނެވެ. އަދި ހުށަހެޅުނު އިޞްލާޙާއިއެކު، 2017 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިފައިވާގޮތަށް ފާސްކުރުމަށް ފެނޭތޯ ވޯޓަށް އަހާ ފެންނަކަމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ އިބްރާހިމް ޝުކުރީ   

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

  • މި މައްސަލައިގައި 2017 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓަށް ހުށަހެޅިފައިވާ އިޞްލާޙަށް ވޯޓަށް އެހުމުން، 2017 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓަށް ހުށަހެޅުނު އިޞްލާޙް ފާސްކުރަން ފެންނަކަމަށް ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު 

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

  • މި މައްސަލާގައި ދެން ވޯޓަށް އެއްސެވީ ހުށަހެޅިފައިވާ އިޞްލާހާއިއެކު 2017 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ފެނޭތޯއެވެ. އެގޮތުން، ހުށަހެޅިފައިވާ އިޞްލާޙާއިއެކު 2017 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ފެންނަކަމަށް ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)2017/142

ތާރީޚް: 6 ޖުލައި 2017