އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ޤަވާއިދު ފާސްކުރުން

26 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ޤަވާއިދު ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް               

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަނެ، މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކައުންސިލްގެ އާއްމު ކޮމިޓީއަށް ފޮނުވުމަށާއި، ޢާއްމު ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމޭ ގޮތެއްގެ މަތިން މި ޤަވާޢިދު ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު          

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/122

ތާރީޚް: 26 ޖޫން 2018