އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ކުޑަކުދިންގެ ޕާރކް ސާފު ކުރުމާއި ޕާރކުގައި ހަރުކުރެވިފައި ހުރި ތަކެތި މަރާމާތުކުރުން

26 ޖޫން 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫފޭދޫ ކުޑަކުދިންގެ ޕާރކް ސާފު ކުރުމާއި ޕާރކުގައި ހަރުކުރެވިފައި ހުރި ތަކެތި މަރާމާތުކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޙުސައިން ހިޔާޟް               

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގައި ހަދާފައިވާ ކުޑަކުދިންގެ ޕާރކް ތަކަކީ ކައުންސިލުން ވަރަށް ބޮޑު ޚަރަދުކޮށްގެން ހަދާފައި ތަންތަން ކަމަށްވުމުން ތަނުގެ މަޤްޞަދު ގެއްލި މިތަންތަން ނުބެހެލެއްޓި ވީރާނާ ވަމުން ދާކަމަށާއި، މަރަދޫފޭދޫ ލިންކް ރޯޑުގައި އޮތް ޕާރކް ބޭނުންކުރާ ކުޑަކުދިންނަށް ތަންބޭނުން ނުކުރެވޭ ވަރަށް ވިނަތައް ބޯވެފައިވުމާއި، މަރަދޫފޭދޫ އަވަށު ބޮޑުމަގުގައި އޮތް ޕާރކުގައި ހަރުކުރެވިފައިހުރި ބައެއްތަކެތި ހަލާކުވެފައިވުމުން އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި، އަދި މި ފާރކް ބޭނުންކުރާ ފަރާތްތަކަށް ޕާރކް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގައި ކައުންސިލްގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައިދެކޭތީ، މި 2 ޕާރކްގައިވާ ތަކެތި މަރާމާތުކުރުމަށާއި،  ޕާރކުގައި ވިނަ ނޮޅާ  ގަސްތައް ކޮށާ ސާފުކޮށް ޕާރކްގައި ކުލަލުމަށް ފެންނަކަމަށާއި،

މިމަސައްކަތް މަރަދޫ ފޭދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުންޤަވާޢިދާއި އެއްގޮތްވާގޮތަށް ( 3 ފަރާތުގެ ކޯޓޭޝަންހޯދައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި މަސައްކަތް ޙަވާލުކޮށް) ކުރިއަށް ގެންދިއުމަށާއި، މިމަސައްކަތަށް ހިނގާ ޚަރަދު 35000.00ރުފިޔާ އަށް ވުރެ ޚަރަދު ބޮޑު ނުވާނެ ގޮތަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މި ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓުގެ އެކްޓިވިޓީ ތަކުގެ ތެރޭގައި ހިމެނޭ މަރާމާތު ކޯޑުން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު          

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ        

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/123

ތާރީޚް: 26 ޖޫން 2018