އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯރޓް އިޞްލާޙުކުރުމަށް

4 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯރޓްގައި އިޞްލާޙުކުރުމަށް ލަފާ ދެއްވައި ފާހަގަ ކުރެވިފައިވާ ކަންކމާއި މެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން              

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި އެކު ހުށަހަޅާފައިވާ މާލީ ރިޕޯރޓްގެ 01 ވަނަ ނަމްބަރު އަދި 2 ވަނަ ނަމްބަރުގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް ބަލާއިރު، ކައުންސިލުން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި ޚަރަދު ކުރުމުގައި ޤަވަޢިދާއި ޚިލާފު ވެފައިވާ ކަމަށް ދޭހަވާ ގޮތަށް ފާހަގަކޮށްފައިވާތީ ކައުންސިލް އެކަމާއި ކަންބޮޑުވާކަމަށާއި ،  

ޤާނޫނު ނަމްބަރު 7/2010  (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)އަކީ ދިވެހިރާއްޖޭގެ މާލިއްޔަތާއި ބެހޭ ޤާނޫނު ވުޖޫދަށް އައުމުގެ ފަހުން އުފަންވެފައިވާ ޤާނޫނެއް ކަމަށް ވެފައި، ޤާނޫނު ނަމްބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 153ވަނަ މާއްދާގައި " ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުންދާ ޤާނޫނު ތަކުގެ ތެރެއިން މިޤާނޫނާއި މިޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް މިޤާނޫނަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެފަދަ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ އެވެ. " ބަޔާން ކޮށްފައި ވީހިނދު، އިސްވެ ދެންނެވުނު ޤާނޫނާއި މި ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް ދައުލަތުގެ ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހަށް މިފަދަ ޤާނޫނު އިޞްލާހު ކުރުމަށް ހުށަހަޅާފައި ނުވާހިނދު،  

އައްޑޫސިޓީ ކައުންސިލްގެ އާމްދަނީގައި ހުރި ފައިސާ، ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާ ކުރުމަށް ދިވެހިރާއްޖޭގެ މާލިއްޔަތާއި ބެހޭ ޤާނޫނަށް ބާރުދީ 2016 ވަނައަހަރުގެ އައްޑޫސިޓީ ކައުންސިލްގެ އޯޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވުމީ، ޤާނޫނު ނަމްބަރު 7/2010  (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ބާރު ކެނިޑިގެންދާނެ ކަމެއްކަމަށް ވީހިނދު އަދި،

ޤާނޫނު ނަމްބަރު: 7/2010  (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ  05 ވަނަ ބާބުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ދިވެހި ދައުލަތް އެކުލެވިގެންވަނީ އައްޑޫސިޓީ ކައުންސިލް ވެސް ހިމެނޭ ގޮތުގެ މަތިން ކަމަށް ވީހިނދު، އަދި،

 

 ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ (އައްޑޫސިޓީ ކައުންސިލްގެ އާމްދަނީގައި ހުރި ފައިސާ) ބާޔާން ކުރަވިފައިވާ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައި ނުވާހިނދު، އަދި، މިއަދާއި ހަމައަށް ކައުންސިލްގެ އާމްދަނީ ފައިސާ ބަލަހައްޓަމުން ގެންދަނީ މިދެންނެވި ޤާނޫނާއި ތަޢާރުޟު ނުވާ ގޮތުގެ މަތިން ކަމަށް ވެފައި، މިފައިސާ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާކުރަންޖެހޭ އެއްވެސް ޙާލަތެއް ކުރިމަތިވެފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލަށް ޤަބޫލު ނުކުރެވޭ ކަމަށާއި،

ރިޕޯޓްގެ އެހެނިހެން ނަމްބަރު ތަކުގައި ފާހަގަ ކުރެވިފައި ހުރި ކަންކަމަކީ އިދާރީ ހިންގުމުގެ ތެރެއިން  އިތުރަށް ދިރާސާ ކުރަންޖެހޭ ކަންތައްތަކެއްކަން ފާހަގަވާތީ، މިރިޕޯރޓްގައި ވާ އެންމެހާ ކަންކަން ބަލައި ދިރާސާ ކުރުމަށް ފަހު ދިރާސާ ރިޕޯރޓާއެކު މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ހުށަހެޅުން ހުށަހެޅި: ޑެޕިއިޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/127

ތާރީޚް: 4 ޖުލައި 2018