އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ރެޑީ ކެމްޕް" ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަމާއި އެއްބަރުލުން ދިނުން

4 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 05 ޖުލައި އިން 07 ޖުލައި އަށް ޝަރަފުއްދީނު ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރެޑީ ކެމްޕް" ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަމާއި އެއްބަރުލުން ހޯދުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސަރވިސް ސެކްޝަން              

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މޯލްޑިވްސް ޕޮލިސްސަރވިސް އިން އިންތިޒާމް ކޮށްގެން ޢާއްމުންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ގެންދާ މިފަދަ މުހިއްމު ޕްރޮގްރާމްތަކަށް ޚަރަދު ކުރާނެ ބަޖެޓް ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި، ކައުންސިލްގެ މާލީ ޙާލަތު ވަރަށް ކުޑަވެފައިވާ ދަނޑިވަޅެއްގައި މިފަދަ މުހިއްމު އަދި ރައްޔިތުންބައިވެރިވާ ޙަރަކާތަކަށް ބޯފެން ހޯދުމަށް އެދި ހުށަހެޅުމުން، ރައްޔިތުންނަށް ބޯފެން ދެވޭނެ އިންތިޒަމް ހަމަޖައްސައި ދިނުމަކީ މުހިއްމު ކަމަކަށްވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދި ވަޑައިގެންފައިވާ ގޮތުގެ މަތިން ރެޑީ ކޭމްޕްގައި ބައިވެރިވާ 100 ދަރިވަރުންނަށް ( 1.5 ލީޓަރުގެ)  75 ކޭސް ބޯފެން ދޫކުރެވެނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއިޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/129

ތާރީޚް: 4 ޖުލައި 2018