އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުމަށް ޙަވާލު ކުރެވިފައިވާ ފަރާތުން ވަކިކުރުން

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ވަނަވަރު ފޮތް ލިޔުމަށް ކޮންޓްރެކްޓެއްގެ ދަށުން ޙަވާލު ކުރެވިފައިވާ މައްސަލަ ހިނގަމުން ދަނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް ޤަބޫލް ކުރެވޭތީ، އެ މަސައްކަތް ޙަވާލު ކުރެވިފައިވާ ފަރާތުން ވަކިކޮށް އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އިބްރާހިމް ޝުކުރީ ކައުންސިލަރ               

ނިންމުން

މައްސަލަ ނިމުނުގޮތް:

ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުނު މި މައްސަލަ ކައުންސިލަށް ވަނީ ބަލައިގެންފައެވެ. ފޮތް ނުނިމި ގިނަދުވަސްވެފައިވާތީ، މާލިއްޔަތު ޤާނޫނާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅު ކައުންސިލުން އެޅުމަށާއި، ފޮތް ލިޔުމަށް ޙަވާލު ކުރެވުނު ފަރާތުން ފޮތް ވަކިކުރުމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ ހުށަހެޅުއްވުމުން،

- މިފޮތް ނުނިމި ދިގުލައިގެން ދިއުމުން އެކަން ހިނގާފައިވާ ގޮތް ކައުންސިލުން ބެއްލެވި ކަމަށާއި، މިކަމުގައި އޭ.ސީ.ސީ.ގެ ލަފާ ވެސް ހޯދިފައިވާ ކަމާއި، މި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނެތް ކަމަށް އޭ.ސީ.ސީ.ގެ ލަފާ ލިބިފައި ވުމާއިއެކު، މި މައްސަލަ ލީގަލް ސެކްޝަނަށް ހުށަހަޅައިގެން ރިޕޯޓެއް ހެދުމާއި، އެ ރިޕޯޓް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. މި ހުށަހެޅުމަށް ކުރެވުނު މަޝްވަރާ އާއި ވޯޓަށް އެހުން ކުރިއަށް ދިޔައިރު ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދުގެ މަސްލަހަތު އޮތް މިއްސަލައަކަށް ވާތީ، މަޝްވަރާ އާއި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/131

ތާރީޚް: 18 ޖުލައި 2018