އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް މެމްބަރުންގެ މަސައްކަތާއި ގުޅޭގޮތުން ނިންމި ނިންމުމާއިމެދު ޢަމަލުކުރަންވީ ގޮތަކާއިމެދު

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2018 ވަނަ އަހަރުގެ 100 ވަނަ ނިންމުމުގައި ނިންމާފައިވާ ފަދައިން ކައުންސިލް މެމްބަރުންގެ މަސައްކަތާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ 65 ވަނަ ނިންމުމާއިމެދު ޢަމަލުކުރަންވީ ގޮތަކާއިމެދު ކައުންސިލަށް ލަފާދެއްވުމަށްޓަކައި، ޢާއްމު ކޮމިޓީއިން ނިންމި ނިންމުން ކައުންސިލަށް ހުށަހެޅުމުގެ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޢާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކައުންސިލަރ އަލީފަހުމީ އަހުމަދު މި މައްސަލަ ހުށަހެޅުމުން، ކައުންސިލަށް މި މައްސަލަ ބަލައިގަތުމަށާއި، ކައުންސިލަށް މި މައްސަލަ ހުށަހެޅި، މައްސަލަ ހުށަހެޅިފައިވާ ގޮތަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އާއްމުކޮމިޓީން ލަފާދީފައިވާ ގޮތަށް، 2018 ވަނަ އަހަރުގެ 65 ވަނަ ނިންމުމުގައިވާ ފަދައިން، ކައުންސިލަރުން ސެކްޝަންތަކަށް ޢައްޔަން ކުރި ބައި އުނިކޮށް ބާޠިލު ކުރުމަށާއި، ބިޑް ކޮމިޓީ މިހާރު އޮތް ގޮތް ބަދަލުކޮށް، އަލުން ބިޑް ކޮމިޓީ އެކުލަވާލުމަށް ނިންމާފައިވާ ބައި ވެސް ބާޠިލުކުރުމަށް ކައުންސިލަރ ފައިސަލް އިބްރާހީމް ހުށަހެޅުއްވިއެވެ. މައްސަލަ ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ތާއީދު ލިބި، މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މައްސަލަ ހުށަހެޅުނު ގޮތަށް ފާސްވިއެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިސަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/132

ތާރީޚް: 18 ޖުލައި 2018