އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު އޮފީހުގައި ހުރި ގިނަ ދުވަސްވެފައިވާ ތަކެތި ނީލަން ކިޔުމުގެ މައްސަލަ

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ އަވަށު އޮފީހުގައި ހުރި ގިނަ ދުވަސްވެފައިވާ ތަކެތި ނީލަން ކިޔުމުގެ މައްސަލަ .

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން              

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ވަނީ ކައުންސިލަށް ބަލައިގެންފައެވެ. ދައުލަތުގެ މާލިއްޔަތާއި ބެހޭ ޤާނޫނުގެ 11 ވަނަ ބާބުގެ (ށ) ގައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފިހުގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ ބާވެ ހަލާކުވެގެން ބޭނުން ކުރެވެން ނެތް މުދާ ނީލަމުގައި ވިއްކާލަން ވާނީ ނުވަތަ ނައްތާލަން ވާނީ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ލިބިގެން މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުން ކަމަށްވާތީ، މި ނީލަމުގައި އިސްވެ ހަރަކާތްތެރިވާނެ ބޭފުޅެއްގެ ގޮތުގައި މަރަދޫ އަވަށު އޮފީހުގެ 3 މުވައްޒަފުން ކަނޑައަޅައި، ހުށަހެޅިފައިވާ ގޮތަށް މިކަން ކުރިއަށް ގެންދަން ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް       

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 5 ވޯޓް

ވޯޓުގައި ބައިވެރިވި: 5 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/136

ތާރީޚް: 18 ޖުލައި 2018