އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ޔޫރޭސިއަމް ގޭގައި ދޫނިފާމެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާތީ ކައުންސިލުން ދެކެ ވަޑައިގަންނަވާ ގޮތެއް ސާފު ކުރެއްވުމަށް

18 ޖުލައި 2018     


މައްސަލަ

ހިތަދޫ ޔޫރޭސިއަމް ގޭގައި ދޫނިފާމެއް ރަޖިސްޓްރީ ކުރުމަށް އެދި، ޢަބްދުލް ޣަފޫރު ޢަލީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ހުށަހަޅާފައިވާތީ، ހިތަދޫގައި މި ދޫނި ފާމް ރަޖިސްޓްރީ ކުރުމާއި މެދު ކައުންސިލުން ދެކެ ވަޑައިގަންނަވާ ގޮތެއް ސާފު ކުރެއްވުމަށް އެދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ފޮނުއްވި މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލަ ހުށަހެޅިފައިވާ ގޮތަށް ޕެޓް ދޫނި/ ޖަނަވާރު ފާމް ރަޖިސްޓްރީ ކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކަށް ފެތޭތޯ މި އިދާރާއިން ބެއްލެވުމަށްފަހު، ބަލިމަޑު ކަމެއް ނުފެތުރޭނެހެން ތަން ތައްޔާރު ކުރެވިފައިވާނަމަ އެފަރާތަށް ހުއްދަ ލިބޭ ގޮތަށް ހަމަޖައްސާ ދިނުމަށް ކައުންސިލުން ނިންމެވިއެވެ. މިހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު     

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/137

ތާރީޚް: 18 ޖުލައި 2018