އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ގެއްލިފައިވާ ކަމަށް ބަޔާން ވެގެންވާ ހަރު މުދަލާއި ގުޅޭ ގޮތުން

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރުCOM-2018-1(D)  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގެ (ޅ) ގެ 8 ވަނަ ނަންބަރުގެ ތާވަލް 3 ގައި ގެއްލިފައިވާ ކަމަށް ބަޔާން ވެގެންވާ ހަރު މުދަލާއި ގުޅޭ ގޮތުން ތައްޔާރު ކުރާ ރިޕޯޓް ހުށަހެޅުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:   ލީގަލް ޔުނިޓް 

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އޮޑިޓް ރިޕޯޓްގެ ގެއްލިފައިވާ ކަމަށް ބުނާ 2 (ދޭއް) ކެމެރާގެ ތެރެއިން 1 (އެކެއް) ކެމެރާ މި އިދާރާގައި އޮތް ކަމަށާއި، މި ދެކެމެރާގެ ތެރެއިން ގެއްލިފައި ވަނީ ކެނޮން ބްރޭންޑްގެ PSX 230 HS (RED) ކެމެރާކަމާއި، މި ކެމެރާއާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން މި މައްސަލަ ފުރިހަމައަށް ދިރާސާކޮށް ތަޙްޤީޤުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގެ ނިންމުމުގައިވާ ފަރާތްތަކުގެ މައްސަލަ އައްޑޫ ސިޓީ ކައުންސިލްގެ HRMD ކޮމިޓީއަށް ފޮނުވައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު – 2014 ގެ 275 ވަނަ މާއްދާ އާއި ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން HRMD ކޮމެޓީން އެ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ހުށަހެޅި ތާއީދު ލިބުނު މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ  މުޙައްމަދު ޔަސްރިފް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/139

ތާރީޚް: 18 ޖުލައި 2018