އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާރި ކިޅ ހުރަސް ކުރާ ބްރިޖް ހެދުމުގެ މައްސަލަ

18 ޖުލައި 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އާރި ކިޅި ހުރަސް ކުރާ ބްރިޖް ހެދުމުގެ މައްސަލަ.  

މައްސަލަ ހުށަހެޅި ފަރާތް:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު

ނިންމުން

ފަތްތަރި ގޯޅިއާއި ކަރިޝްމާ ގޯޅި އާރި ކިޅިއަށް ހުސްވެ، ކިޅި ހުރަސް ކުރެވޭނެ ގޮތެއް ނެތި، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދާ ދިނުމަށް ކަމަށްވާތީ، މައްސަލައާއިއެކު ހުށަހެޅިފައިވާ ހުށަހެޅުމާއި އެއްގޮތަށް މިކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދާ، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމެވިއެވެ. މިކަމަށް ހިނގާނެ ޚަރަދު ހަމަޖައްސާނީ ބަޖެޓްގެ ކޮންޓިންޖެންސީގެ ގޮތުގައި ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ ކަންކަމަށް ޚަރަދު ކުރަން ކަނޑައެޅޭ ޢަދަދުގެ ތެރެއިން ކަމަށެވެ. ހުށަހެޅުނު ގޮތަށް މި މަސައްކަތް ކުރިއަށް ގެންދަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ ފައިޞަލް އިބްރާހީމް 

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 5 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

އާރި ކިޅ ހުރަސް ކުރާ ބްރިޖް ހެދުމުގެ މައްސަލަ


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/140

ތާރީޚް: 18 ޖުލައި 2018